ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރެއްގެ ޕާޓީއެއް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ހަރުކަށި ފިކުރެއް ގެންގުޅޭ ޕާޓީއެއްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު އަޒާން ވަނީ އެމްޑީޕީގެ ލީޑަރޝިޕުން ރައީސް މުޢިއްޒު އަދި ކުރީގެ ރައީސް މުޙައްމަދު އަމީނާ ގުޅުވައި ދައްކާފައިވާ ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް އަމީނުގެ އަވަހާރަވުމަކީ ރައްޔިތުންނަށް ދެރައެއް ދިނުމުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ހިންގުނު ޢަމަލެއް ކަމަށެވެ.

އަޒާން ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދާ ކަންތައްތަކުގެ ސަބަބުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި މިފަދަ ކަމެއް ރޭވުމުގެ އިޙްތިމާލު އޮތްކަމަށް ހީވާ ކަމަށެވެ. މީގެ އިތުރުން، މިއީ ޙަޤީޤަތުގައި ވެސް އެމްޑީޕީގެ މެންބަރުން ހާޒިރުކޮށްގެން ތަޙްޤީޤުތައް ކުރިއަށް ގެންދަންޖެހޭ ވަރުގެ ސީރިއަސް މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޒާން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވަމުންދާ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވެސް މިފަދަ ވާހަކަތައް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ޕާޓީއެއް ކަމަށާއި، ފުރަތަމަ ވެރިކަން ބަދަލުވުމަށްފަހު ބޭއްވުނު މުޒާހަރާތަކުގައި އެ ޕާޓީގެ މެންބަރުން ދެއްކެވި ވާހަކަތައް އަޑުއިވިގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެ ދުވަސްވަރު ޓެރަރިޒަމްގެ އެތައް ޢަމަލެއް އެކި ސަރަޙައްދުތަކުގައި ހިންގުނު ކަމަށާއި، ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ ފަދަ އެތައް ޢަމަލެއް އެމްޑީޕީން ހިންގި ކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން، އެމްޑީޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއްކަން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށާއި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ތަޙްޤީޤުތައް ހިންގަންޖެހޭ ކަމަށާއި، އެ ޕާޓީން ދުރާލާ ރާވައިގެން ބޭއްވުމަށް މަސައްކަތްކުރާ ޖަލްސާތަކުގައި ކުރަން އުޅެނީ ކޮން ކަމެއްކަން ބަލަންޖެހޭ ކަމަށެވެ. އަދި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ރޭވެމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށާއި، އާންމު ގޮތެއްގައި ހަމަނުޖެހުންތައް ހިނގާފައިވަނީ މިފަދަ ބައްދަލުވުންތައް ބޭއްވުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: