ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޙިދުމަތަކީ ވަކި މަރުކަޒެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެ: ޝާފިޢު

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މަރުކަޒެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗަކަށް ވެެގެން ނުވާނެކަމަކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ 37 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، އަމާން އެކުވެރި ރައްޔިތުންތަކެއް އުޅޭ މުޖުތަމަޢުއަކަށް ހަދަން އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ދިވެހި ފުލުހުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޚާއްސަކޮށް އެކިއެކި ކުށްތަކުން ޒުވާނުން، އަދި މުޅި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތައް އިރާދަކުރެއްވިއްޔާ ކާމިޔާބީ ހާސިލްކުރެވޭނެ ކަމަށެެވެ. އެހެންކަމުން ފުލުހުންގެ ތަމްރީނުން ލިބުނު ހުނަރު ހެޔޮގޮތުގައި ބޭނުންކުރުމަށް ވަޒީރު ވަނީ އިލްތިމާސްކޮށްފައެެވެ.

ވަޒީރު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަކީ ވަކި މަރުކަޒެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަ އެއްޗަކަށް ވެެގެން ނުވާނެކަމަށާއި އަދި އޭގެ ބަދަލުގައި ޚިދުމަތުގައި ޝާމިލްވާ ކޮންމެ ފުލުހަކީ މަރުކަޒުން ބޭރުގައާއި އެތެރޭގައިވެސް ކުރާ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ބަޔަކަށް ވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

“ ދިވެހި ފުލުހުންގެ ޙިދުމަތަކި ހަމައެކަނި ވަކި މަރުކަޒެއްގެ ތެރޭގައި ހިފެހެއްޓިފައި އޮންނަން ޖެހޭ އެއްޗެއް ނޫން، ޑިއުޓީ ގަނޑީގައިވެސް ޑިއުޓީން ބޭރުގައިވެސް ދިވެހި ފުލުހުންގެ ޙިދުމަތުގެ ޝާމިލުވާ ކޮންމެ ފުލުހަކީ އަދި ހާއްސަކޮށް މިރޭ މި ދަސްނިވިވާ ދަސްނިވިއަކީ ފުލުހުންގެ މަސައްކަތާއި އެހެން މީހުންގެ އިތުބާރު ޙޯދުމަށް މަސައްކަތް ކުރަންޖެހޭ ފަރާތެއްކަމުގައި އަޅުގަނޑު ދެކެން“ ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އިހްސާންތެރިވުމަށް އަދި ފުލުހުންގެ އަގު ވެއްޓޭނެ ފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެންމެ ފުލުހަކު ކުރާ ކަމަކުން ފުލުހުންނާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމަށާއި އަދި އަނިޔާވެރިވުން އިތުބާރު ގެއްލުން ސިއްރު ކުރަންޖެހޭ މައުލުމާތުތައް ހާމަކުރުން ފަދަ ކަންކަން ނުކުރެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: