ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޢާވިއަތު ޤާސިމް ސަސްޕެންޑްކުރުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު މުޢާވިއަތު ޤާސިމް ސަސްޕެންޑްކުރުމަށް ނިންމައިފިއެވެ.

އޭނާ ސަސްޕެންޑް ކުރީ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެންނެވެ.

މިކަން ހާމަކޮށް ޖޭއެސްސީއިން ބުނީ ތަޙްޤީޤަށް ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙްޤީޤުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިއަދުން ފެށިގެން މައްސަލަ ނިމެންދެން، އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުޢާވިޔަތު ޤާސިމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ވަނީ ނިންމާފައިވާކަމަށެވެ.

މިއީ 2024 ނޮވެންބަރު 27 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 62 ވަނަ ޖަލްސާގައި ނިންމި ނިންމުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: