ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ވެރިކަމަށް ބޫތުކައިފަ ހުރި މީހަކު ކިޔޭ ނުކިޔޭ ނޭނގިގެން އުޅޭތަން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިވެ ހަމަނުޖެހުން އުފެއްދުމަށް ގޮވާލައި ކުރާ މަސައްކަތަކީ، އެމްޑީޕީ ވެރިކަމަށް އައުމަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެއްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން އެމްޑީޕީގެ ޖަލްސާއެއްގައި ގޮވާލާފައި ވާތީ އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ ގޮތާ ހިލާފަށް ރައީސް މުއިއްޒު ވެރިކަމުން ދުރުކޮށް ”އަމީނަށް ހެދި ގޮތް“ ހަދަން ޖެހޭކަމަށް ބުނެ އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ވާހަކަ ދައްކަމުންދާކަމަށާއި، އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއްކަމަށެވެ.

މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީން މިގޮތަށް ވާހަކަ ދައްކަނީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ވަކި މީހަކަށް އަނިޔާ ދިނުމަށް ހިތްވަރު ދިނުމުގެ ނިޔަތް އޮތުމުން ކަމަށެވެ. އެހެންކަމުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެންމެ ހަރުކަށި އިބާރާތުން ބަލައި ތަހުގީގު ކުރުމަށް މައްސަލައިގައި ވެއެވެ.

ކުއްލި މައްސަލަ ބަލައިގަނެ ބަހުސްގައި އައިފާން ވިދާޅުވީ އަނިޔާވެރިވުމަށް ގޮވާލައި، މީހަކަށް ހާނީއްކައެއް ދިނުމަށް ހިތްވަރު ދިނުމަކީ ރާއްޖޭގެ މުޖްތަމައުގައި އާންމުކަމަކަށް އެމްޑީޕީން ހަދާފައިވާކަމަށެވެ. އަދި ރައްޔިތުން ނިކުމެ ރައީސް އަމީނަށް ހެދިގޮތް، ރައީސް މުއިއްޒަށް ހަދަން ޖެހޭކަމަށް ވިދާޅުވެ ފައްޔާޒް ދެއްކެވި ވާހަކަ އައިފާން ކުށްވެރި ކުރެއްވިއެވެ.

އައިފާން ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ގޮވާލަމުން ދަނީ، އެއްވެސް ސަބަބެއް ނެތިކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ކޮން ގޯސް އިސްލާހެއްތޯ އާއި، މަޖިލީހުގައި ކުރިޔަށް ގެންދިޔަ ގާނޫނާއި ހިލާފު މަސައްކަތަކީ ކޮބައިތޯ ސުވާލު ކުރައްވައި އައިފާން ވިދާޅުވީ މިއީ ވެރިކަން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ބަޔަކު އުޅޭ ގޮތް ކަމަށެވެ.

ފައްޔާޒަށް އަމާޒު ކުރައްވައި އައިފާން ވިދާޅުވީ ވެރިކަން ބޭނުންވާ މިންވަރު ބޮޑުކަމުން ފަހަކަށް އައިސް އޭނާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް ނޭނގޭ ކަމަށެވެ.

ގާނޫނުއަސާސީގެ ދިފާއުގައި ނަމުގަ އެމްޑީޕީން ޖަހަން މިއުޅޭ ސަކަރާތަކީ އެއްވެސް ހާލަތެއްގައި.. ގާނޫނުއަސާސީއަށް އެއްވެސްކަމެއް ވެގެން ނޫޅޭ.. އިސްލާހެއް އައިސްގެން ގާނޫނުއަސާސީގެ ބާރު ކެނޑޭ އެއްވެސްކަމެއް ވެގެން ނޫޅޭ.. ވެރިކަން ނުލިބިގެން އުޅޭ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ… ވެރިކަމަށް ބޫތުކައިފަ ހުރި މީހަކު ކިޔޭ ނުކިޔޭ ނޭނގިގެން އުޅޭތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ…

އައިފާން ވިދާޅުވީ ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ޖެހޭކަމަށާއި، މިއީ އާދައިގެ ކަމަކަށް ހަދައި ދޫކޮށްލުމުން ނިކުންނާނީ ގޯސް ނަތީޖާއެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާރަލައި، އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާ ފާހަގަކުރައްވައި އައިފާން ވިދާޅުވީ އެ މައްސަލައިގައި ވެސް އެމަނިކުފާނުގެ އާއިލާއިން އެމްޑީޕީއަށް ގިނަ ތުހުމަތުތައް ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: