އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޓެރަރިޒަމަށް ހިތްވަރުދިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވަނީ ފައްޔާޒް އެމްޑީޕީގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަ ހިއްސާ ކުރައްވާފައެވެ. އޭގައި ފައްޔާޒް ވިދާޅުވެފައިވަނީ:
”ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ“ ފައްޔާޒް ވިދާޅުވިއެވެ.
މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއްކަމެއްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

