ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ޙިދުމަތް ދުބާއީއާއި ތައިލެންޑްގެ ދެ ހޮސްޕިޓަލަކުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ޔޫއޭއީއާއި، ތައިލެންޑުގެ ދެ ހޮސްޕިޓަލްއަކާއި އެކު ސޮއި ކުރުން/ ފޮޓޯ: އާސަންދަ ކުންފުނި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ޔޫއޭއީއާއި، ތައިލެންޑުގެ 2 ހޮސްޕިޓަލަކާއެކު ސޮއިކޮށްފިއެވެ.

އާސަންދަ އޮފީހުންކުރި އިއުލާންނެއްގައި ބުނެފައިވަނީ ދުބާއިގެ ބުރްޖީލް މެޑިކަލް ސިޓީ އާއި، ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އެކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން މި ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޚިދުމަތް ފެށުމަށް ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު ބެންކޮކް ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މިހާތަނަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަމުން އައީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށްކަމަށާއި، މިހާރު މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައިވާ ކަމަށް ރައީސް އޭރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކަށް، ވަކި ގައުމެއްގެ މެޑިކަލް ފެސިލިޓީތަކަށް އެކަނި ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ފުޅާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިހާރު އެކުވެރި ޢަރަބި އިމާރާތާއި ތައިލެންޑުގެ 2 ހޮސްޕިޓަލަކުން އާސަންދަ ޙިދުމަތް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި މި ގައުމުތަކަށް ބޭސްފަރުވާއަށް ދާ މީހުންގެ ހުރުމާއި، ކެއުމާއި އެހެނިހެން ހަރަދުތައްވެސް ހަމަޖައްސަވައިދެއްވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: