ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް ސްޓެޓިސްޓިކްސް ސާވޭ 2024 ފެށިއްޖެ

ޓޫރިޒަމް ސްޓެޓިސްޓިކްސް ސާވޭ 2024 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ސްޓެޓިސްޓިކްސް ސާވޭ 2024 ފަށައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގުޅިގެން ބޭއްވި ބޭއްވި ރަސްމިއްޔާތުގައި ސާވޭ ފަށައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑރ. މުޢާވިޔަތު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢާވިޔަތު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށާއި ޤައުމީ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ނިންމުންތައް ނިންމުމުގައި މި ސަރވޭގެ ނަތީޖާތަކަކީ ވަރަށް މުހިންމު ހެކިތަކެއް ކަމުގައެވެ. އަދި ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދާއިރާއެއްކަން ފާހަގަކުރައްވައި، މި ސަރވޭއިން ލިބޭ މަޢުލޫމާތުގެ ސަބަބުން ސިޔާސަތުތައް އެކުލަވާލުމުގައި ބޭނުންކުރާ ތަފާސްހިސާބުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސާވޭ އަލަށް ހިމަނާފައިވާ ބައިތަކުގެ ތެރޭގައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހާމަކުރުމަށް ބޭނުންވާ މުހިންމު ހަކަތައިގެ މަޢުލޫމާތު ހޯދުމަށް ބޭނުންވާ ބައިތައް ހިމެނެއެވެ.

ސީބީއައިޓީ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން، 6 ނޮވެމްބަރ 2024 ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި ސަރވޭއަށް ގެނެވުނު ބަދަލުތައް ގެނެވިފައިވެއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ގްރީންހައުސް ގޭސް (ޖީއެޗްޖީ) އުފެދޭ މިންވަރު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހުށަހަޅަންޖެހޭ ރިޕޯޓުތަކަށް ބޭނުންވާ ހަކަތައާ ގުޅޭ ތަފާސްހިސާބުތަކުގެ ޞައްޙަކަން އިތުރުކުރުމެވެ.

މި މަސައްކަތުގެ ބައެއްގެ ގޮތުން، ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭގެ ތެރެއިން ރިސޯޓު ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރުގެ މަޢުލޫމާތު އަހަރަކު އެއްފަހަރު އެއްކުރެވޭނެއެވެ. މި ސަރވޭއިން ސީދާ އަމާޒުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓު (ބީޓީއާރު1) ގައި ފާހަގަކުރެވިފައިވާ މަޢުލޫމާތުގެ ހުސްކަންތައްތައް ފޫބެއްދުމަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރާއި އުފެދޭ ވިހަ ގޭސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: