ރައްޔިތުންގެ ޙައްޤަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ރައީސް ޑރ މުޙައްމަދު މުއިއްޒަށް އެނގިވަޑައިގެން ހިނގިޔަނުދެއްވާނެކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ ކޮރަޕްޝަން މައްސަލައާ ގުޅޭ އިސްވެރިން ސަސްޕެންޑް ކޮށްފައިވާއިރު، އެކަމާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ނުދެއްވާނެ ކަމަށާއި، އެކަން މިހާރު ސާފުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، ރައްޔިތުންގެ ޙައްޤަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ރައީސް ޑރ މުޙައްމަދު މުއިއްޒަށް އެނގިވަޑައިގެން ހިނގިޔަނުދެއްވާނެ ކަމަށެވެ. އެ ޔަޤީންކަންވެސް އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ ކޮރަޕްޝަނަށް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުއައްސަސާއަކުންވެސް އާންމު ރައްޔިތުންވެސް ނޫނެކޭ ބުނެގެން ކަމަށެވެ. އެ ހިތްވަރު ހުރިހާ އެންމެންގެވެސް ހުންނަންވާނެކަމަށް އޭނާ ވިދާޅުވިއެވެ.

