ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ގޯތި ބެހުމުގެ މަސައްކަތްތައް ކޮށްފައިވަނީ ފިތުނަ އުފެދޭ ގޮތަށް: ޝުޖާއު

ބާރަށު ދާއިރާގެ މެމެބަރ އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ގޯތި ބެހުމުގެ މަސައްކަތްތައް ކޮށްފައިވަނީ ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދިގެންދާ ގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ގޯތިތައް ހައްގުވެރި ނޫން ފަރާތަކަކަށް ދީފައިވާކަމުގެ މައްސަލަ އުފެދިފައިވާއިރު، ޝުޖާއުވަނީ އިދިކޮޅު އެމްޑީޕީއަށް ރައްދުކޮށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަން ނިމިގެން އެމްޑީޕީއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހަވާލުކުރީ ބިންހިއްކައި، މަގުތައް ހަދައި ފެނާ ކަރަންޓު ލުމަށްފަހުކަމަށެވެ. އެހެންކަމުން ފަސް އަހަރު ނިމުނުއިރު މާލޭގެ ރައްޔިތުންނަށ ގޯތި ކަނޑާ ނުދެވުނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރިނަމަ މިއަދު އުފެދިފައިވާ މައްސަލަތަކަށް ޖާގައެއް ނޯންނާނެކަމަށާއި، ވެރިކަމުގެ ކުރީ ކޮޅު އެ މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަ މި ހާލަތު ނުއުފެދުނީސްކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން ފަހުވަގުތުގައި ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތިކަނޑާދިނީ ހެޔޮ ނިޔަތެއް އޮވެގެން ނޫންކަމަށާއި، އެކަން ކުރީ އިތުރު ފިތުނަ ރައްޔިތުންގެ މެދުގައި އުފެދިގެންދާގޮތަށް ކަމަށެވެ. ޝުޖާއު ތުހުމަތުކުރެއްވިގޮތުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީގެ ލީޑަރުންނާއި މުއްސަނދިންނަށް ފަހިވާ ގޮތަށްކަމަށެވެ. އަދި ވެރިކަން ނިމިގެންދިޔައިރުވެސް ހަގީގީ މާމުޅަ މާލޭގެ ރައްޔިތުން ތިބީ ނިކަމެތި ހާލަތުގައިކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: