ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ އިސް މުއައްޒަފުންތަކެއް ސަސްޕެންޑުކޮށްފި

އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭކަމަށް ޝަރުތު ހަމަނުވާ މީހަކަށް ގޯއްޗެއް ދޫކުރިކަމަށް ބުނާ މައްސަލައާއި ގުޅިގެން އެޗްޑީސީގެ އިސް މަގާމުތަކެއްގައި ތިބި މުއައްފުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

އެޗްޑީސީގެ އެމްޑީ ފަޒުލްވެސް މަގާމުން އެކަހެރިކުރެވިފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ނޫސްތަކުންވަނީ އިތުރު މުއައްޒަފުންތަކެއްވެސް ސަސްޕެންޑުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާއިރު ކުންފުނީގެ ބޯޑުގައި ހިމެނޭ އަހުމަދު ނާސިހު ނޫން އެހެން ބޯޑު މެމްބަރުންވެސް ސަސްޕެންޑުކޮށްފައިވެއެވެ.

ނޫސްތަކުންބުނާގޮތުން އިތުބާރު ހިފޭ މަސްދަރަކުންވަނީ ފަސް މުއައްޒަފަކު ސަސްޕެންޑުކޮށްފައިވާކަންވެސް ހާމަކޮށްފައެވެ. މި ރިޕޯޓުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމުގެގޮތުން ސަންގުއިންވަނީ އެޗްޑީސީގެ މީޑިއާ އޮފިޝަލަށް ގުޅުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައިނުވާކަމަށްވުމުން މައުލޫމާތުތައް ކަށަވަރުކުރެވިފައިނުވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ސަސްޕެންޑުކޮށްފައިވަނީ އައިޓީ ހެޑްގެ މަގާމުގައި ހުންނެވި އަބްދުالله ޝުހޫދުއާއި ޑެޕިއުޓީ އައިޓީ ހެޑް މުހައްމަދު ސަލީމްގެ އިތުރުން ޗިފް ބިޒްނަސް އޮފިސާ އަހުމަދު ޔާމީންގެ އަދި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުالله ފާއިދު އާއި ރިއަލްއެސްޓޭޓު މެނޭޖުމެންޓު ޑިމާޓުމެންޓުގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: