ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން ކްރިއޭޓިވް އިކޮނޮމީއަށް ކުރިއެރުންތަކެއް!

ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދު ގާއިމުކުރެވިފައިވާ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުން ކްރިއޭޓިވް އިކޮނޮމީއަށް ފަހިވެގެންދާނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ/

މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން ޗައިނާ އަދި ރާއްޖޭގެ ދެމެދު ގާއިމުކުރެވިފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން، ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާކަމަށެވެ. އެގޮތުން އެއްބަސްވުމަށް އަމަލުކުރަން ފެށުމާއިއެކު ޑިއުޓީ މާފުވެގެންދާނެ ތަކެތީގެ ތެރޭގައި ކްރިއޭޓިވް ފަރާތްތަކުން ބޭނުންކުރާ ތްރީޑީ ޕްރިންޓަރާއި ލޭބަލް ޕްރިންޓަރު އަދި ފޮޓޯގްރަފީ ސާމާނުވެސް ހިމެނޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ގަހަނާ ފަދަ ތަކެތި އުފެއްދުމަށްޓަކައި ބޭނުންކުރާ ސާމާނުންވެސް ޑިއުޓީ މާފުކުރެވިގެންދާނެކަމަށް ބުނެފައިވާއިރު އެކަމަށް ބޭނުންވާ މައުދަންތައް ފަދަ އާލާތްތަކުންވެސް ޑިއުޓީ ނުނަގާނެކަން ހާމަކޮށްފައިވެއެވެ.

ދެ ގައުމުގެ ދެމެދު ގާއިމުކުރެވިފައިވާ ފްރީޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: