ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ހީވާގި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރު ބައްލަވާލައްވައި، ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސެންޓަރުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރި ދަތިތައް ހައްލުކުރުމާ ބެހުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެއިތުރުން، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ޗައިނާއިން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ’އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް‘ ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރާ ހިއްސާކުރެވާފައެވެ. އަދި ފަންނީ ޓީމުން އެއްކޮށްފައިވާ ޕެސްޓްގެ ސާމްޕަލްތައްވެސް މިނިސްޓަރަށް ހިއްސާކުރައްވާފައެވެ،
މިނިސްޓަރގެ މި ދަތުރުފުޅަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ބަލައި، އެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: