ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރު ދިރުވައި، އާލާކޮށްގެން: އާދަމް ޝަރީފު

ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ 3 ބާރާއެކު މީޑިއާއާއި، ދިވެހި ރައްޔިތުން ލާމަރުކަޒީ ނިޒާމަށް ސަހަރޯވެރިވެ، ފާރަވެރިވެ، ލާމަރުކަޒީ ނިޒާމުގެ މަފުހޫމް ހޭހަންކޮށް، ދިރުވައި، އާލާކޮށްގެންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ކަންގަތި އެވޯޑް ދިނުމަށް އެލްޖީއޭގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތަރަހައަކީ އަދި އެ ނިޒާމުގެ އަސާސަކީ ރައްޔިތުންގެ ވެރިކަން، ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުން ބޭނުންވާ ޚިދުމަތްތަކެއް ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. ތަފްޞީލުދެއްވަމުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި 3 ކަމަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކުރާ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ މަފުހޫމަށް މުޅި ދައުލަތުން އިޙުތިރާމު ކުރުމާއެކު އެ މަފުހޫމު ދިރުވުމަށް މަސައްކަތް ކުރުންކަމަށް ވިދާޅުވިއެވެ.

ދެ ވަނަ ކަމަކީ ކައުންސިލްތަކަކީ ސަރުކާރުގެ ބައެއްކަން، ސަރުކާރުގެ ފަށަލައެއްކަން ޤަބޫލު ކުރުމާއެކު، ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުތަކުގެ މަތިން ކަންކަން ހިންގުންކަމަށާއި، ތިން ވަނަ ކަމަކީ ކައުންސިލްތަކުގެ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ހިއްސާ އިތުރުކުރުމާއި، ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: