ވެރިކަމުގައި ހުންނަވަނިކޮށް ސަރުކާރު ތެރެއިން ހިނގާކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އެޅުއްވުމަކީ މީގެކުރިން އެއްވެސް ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކުރައްވަން ކެރިވަޑައިގެންނެވި ކަންކަމެއް ނޫންކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީއިރު، ހައުސިން ޑިވެލޮޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ދަނީ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ބޭރުން ގޯތި ވިއްކާފައިވާކަމަށް ތުހުމަތުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އެ ކުންފުނީގެ ބޯޑު މެންބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.
ޝިޔާމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެންވެސް ރައީސް ޑރ. ގެންދަވަނީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް ތަފާތު ދައްކަވަމުންކަމަށެވެ. ދައްކަވާ ވާހަކަފުޅާ އަމަލުފުޅު ދިމާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޓް ނުވެ، ސަރުކާރު ހިންގާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ސްޕީޗެއްވެސް ޝިޔާމް ވަނީ ހިއްސާކުރައްވާފައެވެ.

