ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއައި ރެގިއުލޭޓުކުރުމަށް ގޮވާލާ އެންޓޯނިއޯ ގުޓޭރެޒްގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ގުޓޭރެޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް އިންޓެލިޖެކްސް ރެގިއުލޭޓް ކުރުމުގެ މަސައްކަތްތަކަށް އަހައްމިއްޔަތު ދިނުމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ގޮވާލައްވައިފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ގުޓޭރެޒްވަނީ އދ ގެ ސެކިއުރިޓީ ކައުންސިލުގައި އޭއައި ރެގިއުލޭޓްކުރުމުގެ މަސައްކަތްތަކުގައި ވިސްނުންތެރިކަމާއިއެކު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި އެ މަސައްކަތްތައް ލަސްކުރުމުގެ ސަބަބުން ދުނިޔޭގެ އަމަންކަމާއި ރައްކައުތެރިކަމަށް ނުރައްކާތައް ފޯރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ.

ނިއުޔޯގްކުގައި އެކި ގައުމުތަކުގެ އެމްބެސަޑަރުންނާއި މިނިސްޓަރުންގެ ހާޒިރީގައި ގުޓޭރެޒްވަނީ އޭއައި ކުރިއަރައިގެންދާ ބާރު ދުވެލީގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން އެ ދުވެލި ހުރީ އިންސުންނަށް އެ ވަސީލަތް މެނޭޖުކުރުމުގެ ގާބިލުކަން ހުރި މިންވަރައްވުރެ އިތުރަށް ކަމަށް ފާހަގަކުރެއްވިއެވެ.

އޭނާވަނީ އޭއައިގެ ސަބަބުން ފައިދާތައް ލިބިގެންދިއުމުގެ އިތުރުން ގެއްލުންތައްވުމުގެ ފުރުސަތުތައްވެސް އޮތްކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އޭއައި މެދުވެރިކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނުކުމެގެންދާނެ ނަތީޖާތައް އަންދާޒާކުރުމާއި ލޭންޑްމައިންތައް ހުރިތަންތަން ދެނެގަތުން ފަދަ ކަންކަން ކުރުމުގެ ގާބިލުކަން ލިބިގެންދާއިރު އަސްކަރީ ވަސީލަތްތަކުގެ ނަހަމަ ބޭނުން ހިފުމާއި ޑިޖިޓަލް ސެކިއުރިޓީއަށް ނުރައްކާތައް ކުރިމަތިކުރުމުގެ ފުރުސަތުވެސް އޮތްކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން މިކަން ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމުގެ ގޮތުން ފިޔަވަޅުތައް ނޭޅި ލަސްވާ ކޮންމެ ދުވަހަކީ އެންމެނަށް އެކަމުގެ ނުރައްކާތައް އިތުރުވެގެންދާ ދުވަހެއްކަމަށެވެ. ގުޓޭރެޒް ވިދާޅުވީ، އޭއައިގެ ބޭނުން ހިފާ އަސްކަރީ އެޕްލިކޭޝަންތައް ޑިޒައިންކޮށް ތަރައްގީކޮށް ބޭނުންކުރުމަކީ އެއްވެސް ގައުމަކުން ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކެއްގެ ތެރޭގައި އަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށެވެ. އަދި މީގެ ތެރޭގައި އޭއައި ބޭޏުނބްކޮށްގެން ޓާގެޓުތައް ކަނޑައެޅުމާއި ހަމަލާތައް ދިނުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

އަސްކަރީ މަސައްކަތްތަކުގެ ތެރޭގައި އޭއައިގެ ބޭނުން ހިފުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި އޭނާވަނީ އޭއައި މެދުވެރިވެގެން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ހިފުން އަދި ކުއަންޓަމް އޭއައި ސިސްޓަމްތައް އުފައްދަން މަސައްކަތްތައް ކުރަމުންދިއުމުގެ ބިރުވެރިކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. ގުޓޭރެޒް ވިދާޅުވީ، މިފަހުން ހިނގަމުންދާ ހަމަނުޖެހުންތަކަކީ އޭއައި އަސްކަރީ އެޕްލިކޭޝަންތައް ޓެސްޓުކުރުމަށް ބޭނުންކުރާ މައިދާންތަކަކަށް ވެފައިވާކަމަށެވެ. އަދި އިންސާނީ ދަރިފަސްކޮޅުގެ ކުރިމަގަކީ އަލްގަރިދަމްއެއްގެ އަތް މައްޗަށް ދޫކޮށްލެވިގެންވާނެ އެއްޗެއް ނޫންކަމަށް ވިދާޅުވިއުރ، ބާރުގެ ބޭނުން ހިފާ ކޮންމެ ފަހަރެއްގައިވެސް އެއީ އިންސާނުން ތިބެގެން ނިންމޭ ކަމަކަށްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: