ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މައުރޫފް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްަޔަނުކުރި މައުރޫފް ޖަމީލް. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މައުރޫފް ޖަމީލު އައްޔަނުކޮށްފިއެވެ.

މައުރޫފް މި މަގާމަށް އައްޔަނު ކުރެއްވީ، މި މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވުމާއިއެކުއެވެ. ފަޒުލް އިސްތިއުފާދެއްވާ އެކަން ހާމަކުރެއްވީ ރޭގެ ވަގުތެއްގައެވެ.

މި މަގާމަށް އަލަށް އައްޔަނުކުރެއްވި، މައުރޫފް ވަނީ މި ސަރުކާރުން އެކުލަވާލި ހައުސިން ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ. މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. މައުރޫފްއަކީ ބިން ހިއްކުމުގެ މުހިންމު މަޝްރޫއުތަކެއްގައިވެސް އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ކޮންސްޓްރަކްޝަން ދާއިރާގައި އޭނާގެ ނަން ފާހަގަކުރެވެއެވެ.

ފަޒުލް އިސްތިއުފާދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ. ނަމަވެސް އިސްތިއުފާގެ ސިޓީގައި ފަޒުލް ވަނީ މިކަންކަމަށް އިންކާރުކޮށްފައެވެ.

ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި، އެޗްޑީސީއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. މި ސަބަބާއި ހުރެ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަގާމުން އިސްތިއުފާ ދޭން ނިންމީކަމަށް ފަޒުލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: