ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތަކުން 3 ބިދޭސީއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ހިޔާ ފްލެޓުތަކަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އިއްޔެ ތިން ބިދޭސީއަކު ހިފަހައްޓައިފި އެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އިމިގްރޭޝަނުން ބުނީ ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިކަމަށެވެ. ގޮތުން 08 ފިހާރަ، 04 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 01 ސެލޫން ބަލައި ފާސްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީގެތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަމަށާއި، 03 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ބުންޏެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވެއެވެ. އަދި އިމިގްރޭޝަނުން ހިންގާ މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީއިން ޑީޕޯޓްކޮށްފައެވެ. އަދި ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދައި ވިޔަފާރިކުރާ ތަންތަން ވެސް އަންނަނީ ހުއްޓުވަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: