ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމްގްރޭޝަންގެ ގިނަ މަސައްކަތްތަކެއް!

އިމްގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން: ފޮޓޯ/ އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިމިގްރޭޝަނުން މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ހުޅުމާލޭގެ ފޭސް ދެއެއްގައި އެ މުއައްސަސާއިން މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވަނީ ހިޔާ ފްލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެންކަމަށޭވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާކަން ހާމަކޮށްފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި 8 ފިހާރެއް ބަލާ ފާސްކޮށްފައިވާނެކަމަށެވެ. އަދި ކެފޭ/ ރެސްޓޯރަންޓު/ބޭކަރީ ކެޓަގަރީގެ ދަށުން ކަނޑައެޅިފައިވާ 4 ތަނެއް ބަލާ ފާސްކުރިކަމަށާއި 1 ސެލޫންވެސް ބަލާ ފާސްކޮށްފައިވާކަމަށް އާންމުކޮށްފައިވެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން ދެ ތަނެއްގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ތިބިކަމަށް ބުނެފައިވާއިރު 3 މީހަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިމިގްރޭޝަނުންދަނީ ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި އެ މުއައްސަސާއިންވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންގ ހޯދުމަށް ފުލުހުންނާއި ގުޅިގެން ހާއްސަަ އިންސްޕެކްޝަނެއް ހިންގާފައިވާކަން ހާމަކޮށްފައެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން މި މަސައްކަތްތަކުގެ ތެރެއިން ބިދޭސީ 7 އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މައްސަލަތައް ތަހުގީގުކުރުމަށްފަހު ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން 3 އަންހެނަކު ޑީޕޯޓުކޮށްލިކަމަށާއި ބާކީ 6 މީހުންވެސް ޑީޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: