ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފި

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ރާއްޖެއަށް ޖުމުލަ 1,969,071 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ. އެއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ނުވަ އިންސައްތަ އިތުރުވުމެކެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް މިއަހަރުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމެވެ. މިކަމާއި ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ މިހާރު ހުރި ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު 3.5 މިލިއަން ނުވަތަ 4 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަހަރެއްގެ މައްޗަށް ގެނެވޭނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: