ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން މިހާތަނަށް 52،334 ގަސް އިންދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް މިލިއަން ގަސް އިނދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ބައިލައްކައަށް ވުރެ ގިނަ ގަސް އިންދައިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދިފައިވާ ކަަމަށެވެ.

ކޮންމެ މަހަކު ގާތްގަނޑަކަށް 8340 ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަން އެހެން ކުރިއަށް ދާނަމަ މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް ހާއްސަ ޕްރޮގްރާމް ފާގަގަކުރައްވާފައެވެ.

ތަރައްޤީގެ ނަމުގައި ރަށްތަކުގައި ހުރި ގަސްތައް ނެތިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، 2024 ވަނަ އަހަރު ސަރުކާރުން ވަނީ ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް“ ފަށާފައެވެ. މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ގަސް އިންދުމަށް ފެށި އެންމެ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމެވެ. މިކަމަށްޓަކައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުގައި 90 ވައްތަރެއްގެ ގަސް މިހާރުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: