ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ދިނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ހުރެކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: މުއާޒް

ފެނަކަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ހިންގުމާއި ގުޅޭގޮތުން ސުވާލު އުފައްދައި، ސަރުކާރުން މިހާތަނަށް ކޮރަޕްޝަނުގެ ތުހުމަތެއްކޮށްފައި ނެތްކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ އިދާރާއެއްގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް މުއާޒް މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ މާލީ ހާލަތު ގޯސްވެފައި ވާތީ ކުރިޔަށް ދިއުމަށް އަލިމަގެއް ނެތްކަމަށް ބުނެ އެވެ. އެހެން ނަމަވެސް މުއާޒަށް ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތާ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ސިޓީގައި ފެނަކައިގެ ހާލަތު ގޯސްކަމަށް އޮތް ނަމަވެސް، ކުންފުންޏަށް ދަތިތަކުން އަރައިގަނެވެމުންދާކަމަށާއި ދަރަނީގެ ބޮޑު އަދަދެއް ދައްކާފައިވާނެކަމަށް މުއާޒް ވަނީ އިސްތިއުފާގެ އެއް ދުވަސް ކުރިން ވިދާޅުވެފަ އެވެ. އަދި މުއާޒް މަގާމުން އިސްތިއުފާ ދިނުމާއި އެކު ސަރުކާރުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ބުނެ ޕޯސްޓުތައްކޮށްފަ އެވެ.

މުއާޒަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނާއި ހިލާފަށް ޕްރޮކިއުމަންޓުތައް ހިންގުމާއި ބޭކާރު ބޮޑެތި ހަރަދުތައް ކުރުން އަދި ދޯންޏެއްގެ މައްސަލައެއް ހިމެނެ އެވެ. މި ތުހުމަތުތައް ދޮގުކޮށް މުއާޒް ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި ސަރުކާރުން އެ ޕޯސްޓުތަކުގައި ބުނާ ފަދަ އެއްވެސް ތުހުމަތެއް ނުކުރާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މުއާޒްގެ ޕޯސްޓުގައި ވަނީ، ވާހަކަތައް ހާމަކުރަން ނުވަތަ ވާހަކަ ދައްކަން ވެއްޖެ ނަމަ ދެއްކޭނެ ވަރަށް ވާހަކަތައް އެބަހުރިކަމަށް ވިދާޅުވެފަ އެވެ.

މީ ކަނޑައެޅިގެން ދޮގު. މީގެ އެއްވެސް ތުހުމަތެއް ސަރުކާރުން ނުކުރޭ. ހަގީގަތް އޮޅުވާލަން ނޫޅޭ! ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖިއްޔާ ދައްކަން

ސަރުކާރުން މިހާރު ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ސިފައިންގޭގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މުހައްމަދު ނަޖާހު އައްޔަނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: