ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިއްޔާ އަވަހާރަކޮށްލިކަމަށް އިިޒްރޭލުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލިކަމަށް އިޒްރޭލުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް  އޭނާ ހުންނެވި ގެއަށް ދިން ހަމަލާއެއްގައެވެ. ހަނިއްޔާ އަވަހާރަކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން އަބަދުވެސް ގެންދަނީ ބުނަމުންނެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ދިން ޙަމަލާއެއްގައިކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ފުރަތަމަ ފަހަރަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން އެކަމަށް އޭނާ އެއްބަސްވެފައިވަނީ ޔަމަނުގެ ހޫތީންނާ ދެކޮޅަށް ދައްކަމުންދިޔަ ވާހަކައެއްގެ ތެރެއިންނެވެ.

ހަނިއްޔާ ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މިސްރާއި އެމެރިކާއާ އެކު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ގަތަރާ އެކު މަސައްކަތް ވެސް އޭނާ ވަނީ ކުރައްވާފައެވެ. ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަ ފާޅުކޮށްފައިވާއިރު، އެ ހިތާމައިގައި ބައިވެރިވުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ތަހްރާންގެ މަގުތަކަށް ނިކުމެފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުންވެސް މިހާތަނަށް 45،000ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: