ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހަފްތާގައި ދެ މިލިއަން ފަތުރުވެރިން ހަމަވާނެ!

މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓަށް ވެލާނާ އެއާޕޯޓުގައި މަރުހަބާ ކިޔަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ސަރުކާރަކުން ވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބަލައި، އެ އަހަރަކަށް ވަކި ޓާގެޓެއް ކަނޑައަޅަ އެވެ. އެގޮތުން މި ސަރުކާރުން އަމާޒު ހިފާފައި ވަނީ 2024 ވަނަ އަހަރު ދެ މިލިއަން ފަތުރުވެރިން ހަމަ ކުރުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 1.9 މިލިއަން ފަތުރުވެރިންނެވެ. އަދި ދެ މިލިއަން ފަތުރުވެރިން ހަމަ ކުރުމަށް ބޭނުން ވަނީ 30،000 ފަތުރުވެރިން އައުމެވެ.

މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށްވުމާއި އެކު، އަހަރު ނިމުމާއި ގާތްކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ އެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 8500 ގެ ނިސްބަތަށް ބަލައި އެ އަދަދު ހަތަރު ދުވަހުން ހަމަކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ލަފާ ކުރަައްވާ ގޮތުގައި، ދެ މިލިއަން ވަނަ ފަތުރުވެރިޔާ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ 260،940 ފަތުރުވެރިންނެވެ. 216،092 ފަތުރުވެރިންނާއި އެކު ރަޝިޔާ އޮތީ ދެވަނައިގަ އެވެ. އަދި ތިންވަނައިގައި އޮތް ޔޫކޭއިން ރާއްޖެއަށް 173،939 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

2023 ވަނަ އަހަރު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މި އަހަރު ވަނީ ހަވަނައަށް ވެއްޓިފަ އެވެ. އެ ގައުމުން ރާއްޖެއަށް އައިސްފައި ވަނީ 126،055 ފަތުރުވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: