ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓުން ހައްޔަރުކުރި މީހުން: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން އާންމުކޮޮށްފައިވާގޮތުން އެ މުއައްސަސާއިންވަނީ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިޔާ ފްލެޓުގެ އެޕާޓުމެންޓެއް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ އެޕާޓުމެންޓުން މަސްތުވާތަކެއްޗާއިއެކު 4 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ގިނަ އަދަދެއްގެ ފައިސާވެސް ހުރިކަން ހިއްސާކޮށްފައިވެއެވެ.

ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނެވެ. އެގޮތުން ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މީހުން ފުލުހުން އަތުލައިގަނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 9 ވަނަ ހިޔާ ފްލެޓުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓުމެންޓު ބަލާ ފާސްކުރުމަށްފަހުއެވެ. އެތަނުގައި މަސްތުވާތަކެތީގެ އިތުރުން އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނުވެސް ފެނިފައިވާކަމަށެވެ. ފުލުހުންގެ މުއައްސަސާއިންދަނީ މިކަމުގެ އިތުރު ތަހުގީގުތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: