ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަަށަށް!

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ކުރީިގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލައި ފާސްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ، އެގޮތުން އެތަން ބަލައި ފާސްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭކަންވެެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެގޮތުން މަޤާމުން އިސްތިއުފާ ދެއްވައި ރައީސަށް ފޮނުއްވެވި ސިޓީގައި ފަޒުލް ވިދާޅުވީ، މަސައްކަތް ކުރައްވާފައިވާނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއް، މުވައްސަސާއެއްގައި ކިރިޔާ ވެސް މިފަދަ ތުހުމަތެއް ކުރެވޭ ބައެއް ތިބި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ތިއްބަވާ ގުރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު މިހާރު ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މައުރޫފް ޖަމީލް އައްޔަނު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: