ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނިހާދު ސަސްޕެންޑުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީިގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ސަސްޕެންޑު ކޮށްފިއެވެ.

ނިހާދު ސަސްޕެންޑް ކުރައްވާފައި ވަނީ ފަތުރުވެރިކަމާ ގުޅުވައި ރޭގެ ޕީއެންސީ ޖަލްސާގަައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން ނިހާދު ވަނީ މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ރަށާއި ފަޅުތަކުގެ މައްސަލަ ބަލަމުންދާތީ އެކަމާ ހިތްހަމަނުޖެހިގެން އިދިކޮޅު މައިޕާޓީ އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، ފަތުރުވެރިކަމަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާއެއް އަމާޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު ރާއްޖޭގެ ފަތުރުވެރިކަމަށް ޓެރަރިސްޓް ޙަމަލާއެއް އަމާޒުވެދާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައި ވާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އެގޮތުން އެފަދަ ވާހަކަތަކެއް ދައްކަވާއިރު، އިޤްތިސާދަށް ކުރާނެ އަސަރާއި، މައުލޫމާތުތައް ކަށަވަރު ކުރަންޖެހޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު ސަރުކާރުން ވަނީ ނިހާދު ސަސްޕެންޑްކޮށްފައެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި އިރު، ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ނިހާދަކީ އައު ސަރުކާރަށް އޭރު ފާޑުވެސް ވިދާޅުވި މެމްބަރެކެވެ. އެކަމަކު ސަރުކާރަށް މާ ގިނަ ދުވަހެއް ނުވެ، ޕީއެންސީއަށް ސޮއި ކުރައްވައި ނިހާދު ވިދާޅުވީ ސަރުކާރަށް ގުޅެން ނިންމި ސަބަބަކީ، ރައްޔިތުންގެ ބޮޑު ތާއީދަކާއި އަޣުލަބިއްޔަތަކުން ގެނައި ވެރިކަމެއް ބަދަލު ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެނުމުން ކަމަށެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 77%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: