ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްބޮކްސްއަށް 9 އަހަރު: ދެނީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރާނެކަމުގެ ޔަގީންކަން!

ރެޑްބޮކްސް ކުރިއަރ ސާވިސް: ފޮޓޯ/ ރެޑްބޮކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެންމެ މަގުބޫލު ކުރިއަރ ސާވިސް، ރެޑްބޮކްސްއިން ހިދުމަތްތައް ފުޅާކުރަމުން އަންނަތާ 9 އަހަރު ފުރިއްޖެއެވެ.

ރެޑްބޮކްސްގެ ހިދުމަތްތަކަށް 9 އަހަރު ފުރުމާއިއެކު ސަންގުއިންވަނީ އެ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދާފައެވެ. ރެޑްބޮކްސްގެ މާކެޓިން މެނޭޖަރު އަހުމަދު އަފްރާހު މައުލޫމާތު ދެއްވިގޮތުން މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށްވަނީ ގިނަ އަދަދެއްގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުނެ ފެށިގެން ހިދުމަތްތައް ދެމުން އައިސްފައިވާއިރު މަސައްކަތްތައް ކުރަމުން އައިސްފައިވަނީ އަވަސްކާޓާއިދެމެދު އެމްއޯޔޫއެއްގައިވެސް ސޮއިކޮށްގެންކަމަށާއި ޑީއެޗްއެލްއިންވެސް ލާސްޓްމައިލް ޑެލިވަރީ ނުވަތަ ގޭގެ ދޮރުމައްޗާއި ހިސާބަށް ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ދެމުންދަނީ ރެޑްބޮކްސް މެދުވެރިވެގެންކަން ފާހަގަކުރެއްވިއެވެ.

އަފްރާހް ވިދާޅުވީ، މިވަގުތު ޖުމުލަ 14 ގައުމުން އޯޑަރުތައް ރާއްޖެއާއި ހިސާބަށް ގެނެސްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި މައިގަނޑު ގޮތެއްގައި ސައުތު އޭޝިއާގެ ގައުމުތައް ހިމެނޭއިރު އެހެނިހެން ސަރަހައްދުތަކުންވެސް ގެނެސްދޭކަން ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރެޑްބޮކްސް މެދުވެރިކޮށް ހުރިހާ ބާވަތެއްގެ މުދާވެސް ގެނެވޭނެކަމަށާއި އެންމެ ކުޑަ ޕެކޭޖުތަކުން ފެށިގެން އެންމެ ބޮޑެތި މުދަލުގެ ޝިޕްމެންޓުތައްވެސް ރާއްޖެއާއި ހިސާބަށް ފޯރުކޮށްދޭނެކަމަށެވެ.

އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ރެޑްބޮކްސްގެ އެޖެންޓުން ތިބޭނެކަމަށާއި ލާސްޓް މައިލް ނުވަތަ ގެއާއި ހިސާބަށް ޑެލިވަރީ ފުރިހަމަކޮށްދޭނެކަމަށެވެ. އަފްރާހް ވިދާޅުވީ، އެ ކުންފުނިންވަނީ ވެބްސައިޓު ރީލޯންޗުކޮށްފައިކަމަށާއި މަގުސަދަކީ ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިއްބައިދިނުންކަމަށެވެ. އެގޮތުން އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށްވިޔަސް ވެބްސައިޓު މެދުވެރިކޮށް ޓްރެކިންގެ އިތުރުން ހިދުމަތްތައް ފަސޭހައިން ލިބިގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާމަށް މައުލޫމާތު ދެއްވިއެވެ. އަފްރާހް ވިދާޅުވީ، 14 ގައުމަކުން މުދާ ގެނެސްދޭއިރު، އެންމެ ފަހުން އެ ލިސްޓަށް އިތުރުކުރެވިފައިވާ ގައުމަކީ ޖަޕާނުކަމަށެވެ.

މި މުނާސަބާއާއި ގުޅިގެން އަފްރާހްވަނީ ރެޑްބޮކްސްގެ ފަރާތުން ރައްޔިތުންނަށް ހާއްސަ މެސެޖެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ފުރަތަމަ ރެޖިސްޓްރީކުރެވިފައިވާ ކުރިއަރ ސާވިސްކަމަށެވެ. އަދި ރެޑްބޮކްސް މިހާރު ފުޅާވެގެންގޮސްފައިވާ ހިސާބަށް ވާސިލުވެވުނީ ކަސްޓަމަރުންނާއި ޕާޓުނަރުންގެ އިތުރުން ކުންފުނީގެ މުއައްޒަފުންގެ މިންނެތް މަސައްކަތްތަކުގެ ސަބަބުންކަމަށެވެ. އެހެންކަމުން ކުންފުނީގެ ކާމިޔާބީގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދެންނެވިއިރު ދެމުން ގެންދާ ހިދުމަތްތައް މިހާރަށްވުރެވެސް ފުރިހަމަކުރުމަށް މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: