ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީ ބޯޑުގެ ސަސްޕެންޝަން އުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިމާރާތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ މެމްބަރުންގެ ސަސްޕެންޝަން އުވާލައިފި އެވެ.

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން މައްސަލަ ފެންމަތިވެ، ބޯޑު މެމްބަރުން ސަސްޕެންޑު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭގެ ތެރޭގައި ހިމެނުނު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައު ބޭފުޅަކު އައްޔަނުކޮށްފައި ވަނިކޮށް މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުން ކުރި ޕޯސްޓެއްގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާކަމަށެވެ. 

ބޯޑުން ސަސްޕެންޑު ކުރީ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ މެމްބަރުންނެވެ.

ތަހުގީގަށް ޖާގަ ދިނުމަށް ބޯޑު މެމްބަރުން ސަސްޕެންޑު ކުރިއިރު، ފަޒުލް ވެސް މަގާމުން އިސްތިއުފާ ދިނީ އެ ސަބަބު ބަޔާން ކުރުމަށް ފަހު އެވެ. އަދި ތުހުމަތުތައް ދޮގު ކުރި ނަމަވެސް، ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފުލުހުން ވަނީ ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ.

މި މައްސަލަ ފެންމަތިވެގެން އައީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދަށް ބިމެއް ލިބި އިންފާރު ރޭނިކަމަށް ބުނާ މައްސަލައާއި އެކު އެވެ. އޭނާއަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ.

ފަޒުލް ވިދާޅުވީ އެއް ޕްލޮޓަކަށް ދެ ފަރާތަކުން ހުށަހެޅުމުން އެކަން ފާހަގަވެ ފޮނުވީ މިނިސްޓްރީގެ ވެރިފިކޭޝަނަށް ކަމަށެވެ. އަދި ދައުރުވަމުން ދަނީ އެ މައްސަލައިގެ ވާހަކަކަމަށް ތަކުރާރުކޮށް ފަޒުލް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސްކަމެއް ކުންފުނީގެ ތެރެއިން ހިންގާފައި ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: