ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކޮށް، ވިޔަފާރި ކުރަމުންދާ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނަކުން ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި ކައިރި ބައެއް އަތޮޅުތަކުގައި ވެސް އިމިގްރޭޝަން ހަރަކާތްތެރިވި އެވެ.
ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރު ކުރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލާފައި ވެއެވެ. އަދި މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށް ފަހު، ބިދޭސީންތަކެއް އަތުލައިގަތެވެ.
އެންމެ ފަހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ، ލޯކަލް މާރުކޭޓު ހުންނަ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 23 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން އިއްޔެ ހިންގި ރެއިޑުގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކާއި ލަފާ ފުރާ ދޯނި ފަހަރުތައް ވެސް ބަލައި ފާސްކޮށްފައިވާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
248 ބިދޭސީއަކު ބަލައި ފާސްކުރިއިރު، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން މިވަގުތު ތިބީ ޑިޓެންޝަން ސެންޓަރުގައެވެ.
ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކޮށް، ވިޔަފާރި ކުރަމުންދާ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނަކުން ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން އަތުލައިގަނެ ވަނީ ޑީޕޯޓުކޮށްލާފަ އެވެ.