ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭން ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްއިން ހިފަހައްޓާފައިވާ މިޔަރު އަދި މަޑިމަސްތަކެއް ނައްތާލައިފިއެވެ.

މިއީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާތަކެތި ހުރިކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަސްޓަމްސް ގެންދިޔަ އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ ތަކެއްޗެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ކަސްޓަމްސް ބުނެފައި ވަނީ ބަލައި ފާސްކުރި ކޮންޓެއިނާގެ ތެރެއިން، ހިފެހެއްޓި 582 ކިލޯގެ މިރާއި މަޑިމަސް އެ އިދާރާގެ ބެލުމުގެ ދަށުން ނައްތާލާފައިވާކަމަށެވެ.

ކަސްޓަމްސް މިތަކެތި ނައްތާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައެވެ.

މަސްވެރިކަމުގެ އާންމު ގަވައިދުގެ 7 ވަނަ ބާބުގެ ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓް ކުރުން މަނާ ބާވަތްތަކުގެ 17 ވަނަ މާއްދާގެ ދަށުން މިޔަރާއި މަޑީގެ ބާވަތް ބޭރުކުރުމުގެ އިތުރުން ހިފުމާއި ބޭނުމާއި ނެގުމާއި މެރުން ވެސް މަނާ ވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 80%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: