ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު އަހަރާ ދިމާކޮށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލި ފެށުމުގެ ގޮތުން ބޭއްވި ބްރީފިންގގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

އައު އަހަރާ ދިމާކޮށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އައު އަހަރާ ދިމާކޮށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތައް އެކި ސަރަޙައްދުތަކުގައި ފަށާފައިވާއިރު، އެކަމުގެ ބައެއް މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އައު އަހަރު ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާ ގުޅިގެން މާލެތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން ”ރިވެލި“ ފަށާފައިވާ ކަމަށެވެ.

މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި  ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް ޗެކް ޕޮއިންޓުތައް އިތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުތަކާއި ފޭސް 2 ގެ ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަހައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައިފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، މި އޮޕަރޭޝަނުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަރަހައްދުތައްވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: