ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާތައް ހައިކޯޓުން އެންމެ ފަހުން ބަލައިގެންފިއެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ފޮނުވާލުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

ޖިހާދުގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި ނިންމުން މުރާޖައާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންވެސް ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ފުރަތަމަ އަނބުރާ ފޮނުވާލީ ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ.

ޕީޖީ އޮފީހުން ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަމަށް ދިއުމުން ބުނެފައި ވާތީ، މައްސަލަ ބޭރުކޮށް ހައިކޯޓުން ބުނީ އެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެން ނަމަވެސް އޮކްޓޯބަރު 13 ގައި އެ މުއްދަތު ހަމަވެފައިވާތީ، އެ ކޯޓުން ނިންމީ އަލުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ. ޖިހާދު ރާއްޖެއަށް ވަޑައިގަތުމުން މައްސަލަ ހުށަހެޅިއިރު މުއްދަތު ހަމަވިތާ 15 ދުވަސް ވަނީވެފަ އެވެ.

އެހެންނަމަވެސް މިދިިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ބަލައިގަތުމަށް ހުއްދަ ދިނުމަށް ނިންމާފައެވެ.

ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

ދައުވާ ސާބިތުކުރުމަށް ޝަފަވީ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މި މައްސަލައާ ގުޅުންހުރި ބޭރު މީހެއް ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި ވަޒީރުންގެ މަޖިލީހުން ކ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ވެސް ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: