ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ވެރި ފަރާތް ހޯދަނީ، ޝޭމްޕޫ ފުޅިއެއްވެސް ހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް

ޑިސެމްބަރު 22 ވަނަ ދުވަހުގެ 05:06 އެހާކަންހާއިރު ޗާންދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ހުއްޓިވި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މޯބައިލް ފޯނަކާއި ޝޭމްޕޫ ފުޅިއެއް

އިންސިޑެންޓް ނަންބަރު 9631696

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މާފަންނު ޕޮލިސް

ޑިސެމްބަރު 21 ވަނަ ދުވަހުގެ 22:56 އެހާކަންހާއިރު މަޖީދީމަގު ސަންފްރަންޓް ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއް

އިންސިޑެންޓް ނަންބަރު 9660184

މި ތަކެތީގެ ވެރިފަރާތުން 9790085 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: