ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންމޯހަން ސިންގް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް ނިޔާވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ގިނަ އަހަރުތަކެއްވަންދެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި މަންމޯހަން ސިންގް ނިޔާވުމާއި ގުޅިގެން ސޯޝަލްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އިންޑިއާއަށް ކުރިމަތިވި މި ހިތާމައިގައި ޝާމިލުވާކަމަށެވެ. އަދި އޭނާ 2011 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދިވެހިރާއްޖޭގެ އިގްތިސާދާއި އިޖްތިމާއި މަސައްކަތްތައް ކުރިއެރުވުމުގެ ތާރީހުގައި ފާހަގަކުރެވޭ ދުވަހެއްކަމަށެވެ.

ރައީސް ވިދާޅުވީ، ކަންކަން ކުރިއެރުވުމަށާއި ލޫކް އީސްޓް ސިޔާސަތު ހަރުދަނާކުރުމުގައި މަންމޯހަން ސިންގް އަދާކުރެއްވި މުހިންމު ދައުރަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ތަރައްގީއަށް ފަހި މާހައުލެއް ގާއިމުކުރުމަށާއި ގައުމުތަކުގެ ދެމެދު ގުޅުން ބަދަހިވެގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އެހެންކަމުން މި ހިތާމަވެރި ވަގުތުުގައި ހިތުގެ އެންމެ ފުންމިނުން ޑރ މަންމޯހަންގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: