ދިވެހި ޒުވާނުންގެ ތެރެއިން ދިވެހިވަންތަކަން ގެއްލި ސަގާފަތާއި ދުރަށް ދިއުމަށް މިސްރާބުޖަހާފައިވުމަކީ އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް މިފަހުން ދިވެހިންގެ ތެރޭގައި މަގުބޫލު އާޓިސްޓު، އަދުހަމް ”އިންޓަރނޭޝަނަލް އާޓިސްޓްސް ޕްރޮޖެކްޓް“ ގެ ދެވަނަ ބައިގައި ދިވެހިން ތަމްސީލުކޮށް އާންމުކޮށްފައިވާ ހިތްގައިމު ލަވައިން އެ ކަންބޮޑުވުމަށް ލުއިތަކެއް ލިބިއްޖެއެވެ.
އިންޓަރނޭޝަނަލް އާޓިސްޓު ޕްރޮޖެކްޓުގެ ދެވަނަ ބައިގެ ގޮތުގައި ނަން ދެވިފައިވާ އަލްބަމް އާންމުކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ. މިއީ ދުނިޔޭގެ 80 އިންސައްތަ ގައުމުތައް ނުވަތަ 157 ގައުމަކުން އާޓިސްޓުން ބައިވެރިވެގެން އެކުލަވާލާފައިވާ ގިނަ ލަވަތަކެއް ހިމެނޭ އަލްބަމެކެވެ. 60 ބަހުން ލަވަތައް އިވިގެންދާނެ މި އަލްބަމްގައި 100 އަށްވުރެ ތަފާތު ޖޯންރާގެ ލަވަތައް ހިމެނެއެވެ. މިއީ 2025 ވަނަ އަހަރު ނެރުމަށް ކަނޑައެޅިފައިވާ ވޯލްޑް އަލްބަމާއި ހިސާބަށް ވާސިލުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.
މި އަލްބަމްގައި ހިމެނޭ ”މަގުމަތި އެޅީ“ ގެ ނަމުގައި އަދުހަމް އާންމުކޮށްފައިވާ ލަވައަކީ ދިވެހި މިއުޒިކީ ކުލަވަރުތަކާއިއެކު ބިނާކުރެވިފައިވާ ލަވައެކެވެ. މި ލަވައިގައި އަދުހަމް ބަޔާންކޮށްދެނީ ފުރަތަމަ ފަހަރަށް މީހަކު ފެނި ހިތް ގަޔާވެވުމާއިއެކު ކުރެވިގެންދާ އިހުސާސްތަކާއި ޝުއޫރުތަކެވެ. ރާއްޖޭގެ ކުޅަދާނަ ގިޓަރިސްޓު އަދި ޕްރޮޑިއުސަރ ޝަހީދު ލެގަސީގެ ފަރާތުން ގިޓާ ސޯލޯތަކުގެ އަރާމު އަޑުތައް އިވިގެންދާ މި ލަވައިގައި އަދުހަމްގެ ފަރާތުން އިވިގެންދަނީ، މީހަކަށް ހިތްދެވުމުން އެ މީހެއްގެ ޝައުގުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކާއި ހިތްދެވިގެންދާ ދުވަސްތަކުގެ ހަނދާންތަކެވެ.
ވޯލްޑް އަލްބަމް ބިނާކުރުމަށް ތައްޔާރުވަމުންދާ ބްރޭންޑަން ބެކްވިތްގެ ފަރާތުން އަދުހަމްގެ މަސައްކަތަށް ވަރަށް ބޮޑު ތައުރީފެއް ލިބިފައިވެއެވެ. ބްރޭންޑަން ބުނެފައިވާގޮތުން މި ޕްރޮޖެކްޓުގައި ބައިވެރުވުމުގެ މާނައަކީ ދުނިޔޭގެ މިއުޒިކް ސީނުގެ ގިނަ އަދަދެއްގެ އާޓިސްޓުންގެ ކޮމިއުނިޓީއެއްގައި އަދުހަމްގެ ނަންވެސް ފެނިގެންދިއުމެވެ. އަދި މިހާރު ވޯލްޑް އަލްބަމްގެ ނަމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ އާޓިސްޓުން ހިމެނިގެން އަލްބަމެއް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ރާއްޖެ ތަމްސީލުކުރާނީ އަދުހަމްކަމަށެވެ.

ބްރޭންޑަން ހިއްސާކުރިގޮތުން ”މަގުމަތި އެޅީ“ ގެ ނަމުގައި އަދުހަމް ރިލީސްކުރި ލަވައަކީ އިންތިހާއަށް ހިތްގައިމު ލަވައެއްކަމަށާއި މި މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ ކުލަވަރުތައް ފެނިގެންދާކަން ޔަގީންކުރުމަށް އަދުހަމް އަހައްމިއްޔަތު ދީފައިވާކަމަށެވެ. އަދި އެ ކުލަވަރުތަކުގައި ޒަމާނުގެ ކުލަތައްވެސް ހިމެނުމަށް މަސައްކަތްތައް ކޮށްފައިވާކަމަށާއި މި ޕްރޮޖެކްޓުގައި ހިމެނޭ ލަވައަކީ އަދުހަމްގެ ސްޓައިލުގައި އާންމުކޮށްފައިވާ ފުރިހަމަ ލަވައެއްގެ ގޮތުގައި ދެކޭކަމަށެވެ.
ބްރޭންޑަން އިތުރަށް ފާހަގަކުރިގޮތުގައި، ބައެއް އާޓިސްޓުން ބޭނުންކޮށްފައިވަނީ މީގެ ކުރިން ރިލީސްކޮށް މަގުބޫލުކަމެއް ހޯދާފައިވާ ލަވަތައް ނަމަވެސް އަދުހަމް ބޭނުންވީ އޭނާގެ އަޑުއެހުންތެރިންނަށް މުޅިން އައު ލަވައެއް ގެނެސްދޭށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބަލައިގަންނާނެ އަޑުއަހަން ކަމުދާނެ ލަވައެއް ނެރުމަށް އަދުހަމް މަސައްކަތްކޮށްފައިވުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. ބްރޭންޑަންގެ ނަޒަރުގައި އަދުހަމްއަކީ ވަރަށް އެކްޓިވް އަދި އެހެން އާޓިސްޓުންނާއި ގުޅޭ ހުނަރުވެރި ފަންނާނެކެވެ.
މި މަޝްރޫޢުން ކުރާ އުންމީދުތަކާއިމެދު ސުވާލުކުރުމުން ބްރޭންޑަން ބުނެފައިވާގޮތުން މިއުޒިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ގުޅުވައިދޭ ވަސީލަތެއްކަމަށެވެ. އަދި ރާއްޖޭގެ މިއުޒިކް މި އަލްބަމްގައި ހިމެނުމުގެ ސަބަބުން ރާއްޖޭގެ އަޑުތައް މުޅި ދުނިޔެއިންވެސް އިވިގެންދިއުމަށް އުންމީދުކުރާކަމަށެވެ.
މީގެ އިތުރުން، ބްރޭންޑަންވަނީ ބައިނަލްއަގުވާމީ އާޓިސްޓުންގެ ފެސްޓިވަލެއް ބޭއްވުމަށް ވިސްނުން ގެންގުޅޭކަން އަދި އެކަމުގެ ރޭވުންތައް ކުރިއަށްދާކަމުގެ މައުލޫމާތު ދީފައެވެ. އޭނާ ދެކޭގޮތުގައި ރާއްޖެއަކީ މި މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ފަދަ ހިތްގައިމު މާހައުލެއް އޮތް ގައުމެކެވެ. އަދި މިކަމުގައިވެސް އަދުހަމްގެ ފަރާތުން އެހީތެރިކަން ލިބުމަށް އުންމީދުކުރާކަމަށެވެ.
ވޯލްޑް އަލްބަމް ބިނާކުރުމަށް ތައްޔާރުވަމުންދާ ބްރޭންޑަންގެ ފަރާތުންވެސް އިވިގެންދިޔައީ މި ވާހަކަތަކެވެ. އެގޮތުން އަދުހަމް މި ޕްރޮޖެކްޓުގައި ޝާމިލުވިކަމާއިމެދު އުފާކުރާކަމަށާއި ޝަކުރުވެރިވާކަމަށެވެ. އޭނާ ބުނެފައިވާގޮތުން މި ޕްރޮޖެކްޓުގައި ބައިވެރުވުމުގެ މާނައަކީ ދުނިޔޭގެ މިއުޒިކް ސީނުގެ ގިނަ އަދަދެއްގެ އާޓިސްޓުންގެ ކޮމިއުނިޓީއެއްގައި އަދުހަމްގެ ނަންވެސް ފެވިގެންދިއުންކަމަށާއި މިހާރު ވޯލްޑް އަލްބަމްގެ ނަމުގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ އާޓިސްޓުން ހިމެނިގެން އަލްބަމެއް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ރާއްޖެ ތަމްސީލުކުރާނީ އަދުހަމްކަމަށެވެ.
ބްރެންޑަން ހިއްސާކުރިގޮތުން މަގުމަތި އެޅީގެ ނަމުގައި އަދުހަމް ރިލީސްކުރި ލަވައަކީ އިންތިހާއަށް ހިތްގައިމު ލަވައެއްކަމަށާއި މި މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ ކުލަވަރުތައް ފެނިގެންދާކަން ޔަގީންކުރުމަށް އަދުހަމް އަހައްމިއްޔަތު ދީފައިވާކަމަށެވެ. އަދި އެ ކުލަވަރުތަކުގައި ޒަމާނުގެ ކުލަތައްވެސް ހިމެނުމަށް މަސައްކަތްތައް ކޮށްފައިވާކަމަށާއި މި ޕްރޮޖެކްޓުގައި ހިމެނޭ ލަވައަކީ އަދުހަމްގެ ސްޓައިލުގައި އާންމުކޮށްފައިވާ ފުރިހަމަ ލަވައެއްގެ ގޮތުގައި ދެކޭކަމަށެވެ.

ބައެއް އާޓިސްޓުން ބޭނުންކޮށްފައިވަނީ މީގެ ކުރިން ރިލީސްކޮށް މަގުބޫލުކަމެއް ހޯދާފައިވާ ލަވަތައް ނަމަވެސް އަދުހަމް ބޭނުންވީ އޭނާގެ އަޑުއެހުންތެރިންނަށް މުޅިން އައު ލަވައެއް ގެނެސްދޭންކަންވެސް ބްރޭންޑަން ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ރައްޔިތުން ބަލައިގަންނާނެ އަޑުއަހަން ކަމުދާނެ ލަވައެއް ނެރުމަށް އަދުހަމް މަސައްކަތްކޮށްފައިވުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނެފައިވާގޮތުން އަދުހަމްއަކީ ވަރަށް އެކްޓިވް އަދި އެހެން އާޓިސްޓުންނާއި ގުޅޭ ހުނަރުވެރި ފަންނާނެކެވެ. އަދުހަމްގެ ހުނަރުގެ ވާހަކަ އެތައް ވަގުތަކަށްވެސް ދެއްކިދާނެކަމަށް ބްރޭންޑަން ފާހަގަކުރިއެވެ.
މިކަމުން ކުރާ އުންމީދުތަކާއިމެދު ސުވާލުކުރުމުން ބްރޭންޑަން ބުނެފައިވާގޮތުން މިއުޒިކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ގުޅުވައިދޭ ވަސީލަތެއްކަމަށެވެ. އަދި ރާއްޖޭގެ މިއުޒިކް މި އަލްބަމްގައި ހިމެނުމުގެ ސަބަބުން ރާއްޖޭގެ އަޑުތައް މުޅި ދުނިޔެއިންވެސް އިވިގެންދިއުމަށް އުންމީދުކުރާކަމަށެވެ.
މީގެ އިތުރުން އޭނާވަނީ ބައިނަލްއަގުވާމީ އާޓިސްޓުންގެ ފެސްޓިވަލެއް ބޭއްވުމަށް ވިސްނުން ގެންގުޅޭކަން އަދި އެކަމުގެ ރޭވުންތައް ކުރިއަށްދާކަމުގެ މައުލޫމާތު ދީފައެވެ. ބްރޭންޑަންވަނީ މި މަސައްކަތްތަކަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ ފަދަ ހިތްގައިމު މާހައުލެއް އޮތް ގައުމެއްކަން ހިއްސާކޮށްފައެވެ. އަދި މިކަމުގައިވެސް އަދުހަމްގެ ފަރާތުން އެހީތެރިކަން ލިބުމަށް އުންމީދުކުރާކަމަށެވެ.
އަދުހަމްގެ މި ކާމިޔާބީން އަޅުގަނޑުމެންނަށް ދަސްވާ ފިލާވަޅަކީ، ދިވެހި ސަގާފަތާއި ވަންތަކަން ދަމަހައްޓަމުން، ޒަމާނީ ކުލަވަރުތަކާއެކު މިއުޒިކް އުފެއްދުމުގެ މުހިންމުކަމެވެ. މިގޮތަށް އުފައްދާ މިއުޒިކަކީ ހަމައެކަނި ރާއްޖޭގައި މަޤްބޫލުވާނެ އެއްޗެއް ނޫނެވެ. އެއީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ބަލައިގަނެވޭނެ، އަގުހުރި އުފެއްދުންތަކެކެވެ.
ހަމައެހެންމެ، މި ކާމިޔާބީއަކީ ދިވެހި ޒުވާން އާޓިސްޓުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދުހަމްގެ މި ކާމިޔާބީން އެހެން ޒުވާނުންނަށްވެސް ދައްކައިދެނީ ބުރަ މަސައްކަތާއި ހުނަރުވެރިކަމާއެކު ކުރިއަށްދާނަމަ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވިދާނެކަމެވެ. މިއީ ހަމައެކަނި މިއުޒިކްގެ ދާއިރާއަށް ޚާއްޞަވާ ކަމެއް ނޫނެވެ. މިއީ ހުރިހާ ދާއިރާއެއްގައިވެސް ދިވެހި ޒުވާނުންނަށް ލިބޭ ހިތްވަރެކެވެ.
އަދުހަމްގެ މި ކާމިޔާބީއާއެކު، ދިވެހިރާއްޖޭގެ މިއުޒިކް ސީނުގެ މުސްތަޤުބަލު އުޖާލާވެގެންދާނެކަން ޔަޤީނެވެ. މިހާރު ވޯލްޑް އަލްބަމްގައި ރާއްޖެ ތަމްސީލުކުރާނީ އަދުހަމްކަމުގައި ވްކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ގިނަ ދިވެހި އާޓިސްޓުން މިފަދަ މަންޒަރުތަކުގައި ފެނިގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
ނިންމާލަމުން ދަންނަވާނީ، އަދުހަމްގެ މި ކާމިޔާބީއަކީ ހަމައެކަނި އޭނާގެ އަމިއްލަ ކާމިޔާބީއެއް ނޫނެވެ. މިއީ މުޅި ދިވެހި ޤައުމަށް ލިބުނު ފަޚުރުވެރި ވަގުތެކެވެ. ދިވެހި މިއުޒިކްގެ އަޑު ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދާނެ މި ފުރުޞަތު މެދުވެރިކޮށް، ދިވެހިންގެ ހުނަރާއި ޤާބިލުކަން ދުނިޔެއަށް ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ކާމިޔާބީއަކީ ދިވެހި މިއުޒިކް ސީނުގެ އައު ޞަފްޙާއެއްގެ ފެށުންކަމުގައި ދެކެމެވެ.

