ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫކޭއާއި ޔާސިރު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް!

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) އާއި ކުންފުނީގެ ކުރީގެ އިސްވެރިއެއް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރުގައި ވަނީ، އާރުޑީސީގެ ޕޭޔަބަލްސް މެނޭޖަރެއްގެ މަގާމު އަދާކުރަމުން އަންނަ ލ. މާބައިދޫ/ އަސުރުމާގެ، ހުސައިން އަނީފުގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ކުންފުނީގެ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އެ ފައިސާއިން މުއާމަލާތް ކުރިކަމުގެ ތުހުމަތު ކުރެވޭކަމަށެވެ. އަދު އާރުޑީސީއަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ފައިސާ ދޫކޮށް ގިނަ އަދަދެއްގެ ފައިސާއަށް މޫސާ އަލި މަނިކު ހިޔާނާތްވެ ލޯންޑަރ ކުރިކަމުގެ ތުހުމަތު ކުރެވޭކަމަށެވެ.

އެހެންވެ ކޯޓު އަމުރުގައި ވަނީ މޫސާ އަލި މަނިކު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، މޮބައިލް ފޯނާއި މައްސަލައާއި ގުޅޭ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ.

މި މައްސަލައިގައި ދެން ބަލައި ފާސްކުރީ އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންއަށް ނިސްބަތްވާ ދެނަކެވެ. އަދި އެ ދެ ތަން ހިމެނޭހެން މޫސާ އަލިމަނިކުގެ ގެއިން ވެސް ވަނީ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފަ އެވެ.

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ފައިދާއެއް ނުލިބި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ކުންފުންޏެކެވެ. އަދި ވެރިކަން ނިމުނުއިރު ކުންފުނީގެ ދަރަނިތައް އޮތީ އިންތިހާއަށް، އުފުލިފައެވެ.

މޫސާ އަލިމަނިކަށް އޭރު ވެސް ކުރެވުނު ތުހުމަތުތަކަށް އޭނާ އިންކާރު ކުރެއެވެ. އެހެން ނަމަވެސް އާރުޑީސީގެ ތިޖޫރީ ގެއްލުމާއި، އޮފީހުން ވައްކަން ކުރުން ފަދަ އެތައްކަމެއް އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގައި ވަނީ ހިނގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: