ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތަކަށް ފައިސާ ނުދީ ހުރުމުން، 15 ދުވަސް ތެރޭ ކުންފުންޏަކަށް 7.9 މިލިއަން ދައްކަން ފެނަކަ މައްޗަށް ހުކުމެއް!

ފެނަކަ ކޯޕަރޭޝަން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިިކަމުގެ އެކި ދުވަސްވަރު ގިނަ ރަށްތަކެއްގެ މަސައްކަތްތައް ކުރުވައި، ދޭން ޖެހޭ ފައިސާ ލިބިފައި ނުވާތީ ފެނަކައާއި ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި 15 ދުވަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ އެލްއެފް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކުން ފެނަކައަށް ކޮށްދީފައިވާ މަސައްކަތުގެ އަގާއި، ވިއްކާފައިވާ މުދަލުގެ އަގުގެ ގޮތުގައި ލިބެން ޖެހޭ 7.8 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

އެލްއެފް ކުންފުނިން ކުރިޔަށް ގެންދިޔަ މަސައްކަތްތަކަކީ:

  • ހދ. ހިރިމަރަދޫ ޑޭ ޓޭންކް އޭރިއާ، މެއިން ޓޭންކް އަދި ޗިމްނީ އިމާރާތްކުރުން
  • ހދ. ފިނޭގައި އައު އިންޖީނުގެއެއް އިމާރާތްކުރުން
  • ހދ. ވައިކަރަދޫ އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތްތައް ހެދުން
  • ށ. މާއުނގޫދޫ އައު އިންޖީނުގެ އަދި އާ އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތް
  • ނ. ހޮޅުދޫ އައު އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް
  • ރ. މީދޫ އިންޖީނުގޭގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް
  • ތ. އޮމަދޫ އިންޖީނުގޭ އިމާރާތްކުރުމުގެ މަސައްކަތް
  • ލ. ހިތަދޫ އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް
  • މ. ދިއްގަރު އިންޖީނުގޭގެ ވަށާ ފާރު އަދި ޗިމްނީ ހެދުމުގެ މަސައްކަތް
  • ގއ. ދާންދޫ އައު އޮފީސް އިމާރާތްކުރުމާއި ވަށާފާރު ރޭނުން
  • ގއ. ކަނޑުހުޅުދޫ އައު އޮފީސް އިމާރާތްކުރުމާއި ވަށާފާރު ރޭނުން
  • ގއ. ކޮނޑޭ އައު އިންޖީނުގޭ އިމާރާތްކުރުމުގެ މަސައްކަތް

މައްސަލަ ހުށަހަޅައި އެދިފައި ވަނީ އެ ކުންފުނިން 11 ރަށެއްގެ އައު އިންޖީނުގޭގެ މަސައްކަތާއި، ވަށައި ފާރު ރޭނުން އަދި އައު އޮފީސް އިމާރާތުގެ މަސައްކަތަށް ލިބެން ޖެހޭ ފައިސާގެ އިތުރުން ކޯޓު ހަރަދުގެ ގޮތުގައި 40،000 ރުފިޔާ ނަގައިދިނުމަށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ކުންފުނިން ވަނީ އެއްބަސްވުންތަކުގެ ކޮޕީއާއި، މަސައްކަތުގެ އިންވޮއިސް ހުށަހަޅާފަ އެވެ.

މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ އައިޝަތު އަޒުފާ އަބްދުއްޣަފޫރު ކުރެއްވި ހުމުގައި ވަނީ، ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ފެނަކައިން ޖަވާބުރާރީވެފައި ނުވާކަމަށެވެ. އަދި ހުކުމް ކުރެއްވީ ފެނަކައިން 15 ދުވަހުގެ ތެރޭގައި 7.9 މިލިއަން ރުފިޔާ ދެއްކުމަށެވެ.

ފެނަކައިން އެޕޯލޯ ހޯލްޑިންސް އަތުން ކްރެޑިޓް އުސޫލުން ނަގާފައިވާ މުދަލަށްވާ ފައިސާގެ ތެރެއިން ނުދީ ހުރި 27.1 މިލިއަން ރުފިޔާ ތިން މަސް ތެރޭ ދައްކަން ވެސް މިދިޔަ ނޮވެމްބަރު މަހު ކޯޓުން އަމުރެއް ނެރުނެވެ.

ފެނަކައިން ކުންފުންޏަކަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރިއިރު، މިއީ ކޮރަޕްޝަނުގެ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކުންފުންޏެވެ. ފެނަކައިގެ ދަރަނިތައް 4 ބިލިއަން ރުފިޔާއަށް އަރާއިރު، ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ފެނަކައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ކުންފުނި ދިފާއުކޮށް ވާހަކަ ދެއްކި އެވެ. ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ.

މީގެ ކުރިން ވެސް ސައީދުގެ މެނޭޖިން ޑިރެކްޓަރުކަމުގައި ގިނަ ކުންފުނިތަކަށް ފައިސާ ނުލިބި ވާތީ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށްފައި ވެއެވެ.

ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ އަމަލުތަކުގެ 75 މައްސަލައެއް މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: