ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ޑޮމެއިންއަށް ހުޅުވާލާނީ އޯޕަން ބިޑިން ސިސްޓަމެއްގެ ތެރެއިން: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮމެއިންގެ ހިދުމަތް ސެކިއުރިޓީގެ ގޮތުން ވަރުގަދަކުރުމުގެ މަސައްކަތާއި އެކު، އޯޕަން ބިޑިން ސިސްޓަމެއްގެ ތެރެއިން އަންނަ އަހަރުގެ ކުރީކޮޅު ޑޮމެއިންއަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ޑޮމެއިންގެ ހިދުމަތް ފަށައި، އޮތް ސެޓްފިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

ސެކިއުރިޓީ ފީޗަރ ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމަށް މުއްދަތެއްދީ، ޑޮމެއިން ރަޖިސްޓްރީ ކުރުމާ ގުޅޭ އައު އުސޫލު އާންމު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ޑޮމެއިންގެ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި ގަވާއިދު އިސްލާހުކޮށް ގެޒެޓްކުރުމާއި، ނަކަލުކުރުން ފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސެކިއުރިޓީ ފީޗަރތަކާއެކު ރަޖިސްޓްރީ އަދި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތައާރަފްކުރުން ހިމެނެއެވެ.

މި މަސައްކަތްތަކަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އަމީން ވިދާޅުވީ މިހާރު ހަވާލު ކުރެވޭ ރެޖިސްޓްރީއާއި ސެޓްފިކެޓު ސެކިއުރިޓީގެ ގޮތުން ވަރުގަދަވާނެ ކަމަށެވެ. އަދި މިތަކެތި ތައްޔާރު ކުރެވިފައި ވަނީ ވަކި ސިސްޓަމެއްގެ ތެރޭގައި ޑުޕްލިކޭޓު ނުކުރެވޭނެ ފެންވަރަށްކަން ފާހަގަކޮށް އަމީން ވިދާޅުވީ މިއީ ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް ލިބިގެންދާ ރައްކާތެރިކަމެއް ކަމަށެވެ.

އަމީން ވިދާޅުވީ މިއީ މިވަގުތަށް ކުރެވެން އޮތް އެންމެ ފެންވަރު ރަނގަޅުކޮށް ފެށުނު މަސައްކަތެއް ކަމަށެވެ. މީގެ ކުރީގައި އެ މަސައްކަތްތައް ހުއްޓިގެން ދިޔައީ ވަކި ސަބަބުތަކާއި ހުރެ ނަމަވެސް، އެއްކޮށް ޑޮމެއިންގެ ހިދުމަތް މަޑުޖެހިފައި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ދެން މި ސިސްޓަމް ބްރޭކް ކުރަން އިރާދަކުރެއްވިއްޔާ އެހާ ފަސޭހައެއް ނުވާނެއޭ އަޅުގަނޑު ދަންނަވާނީ އިނގޭތޯ.. ކޮންމެ ކަމަކަށް ވެސް ކޮންމެވެސް ކަހަލަ އޮޕްޝަންސްތަކެއް ހުރެދާނެ.. އެކަމަކު މިވަގުތަށް ކުރެވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށް ސެކިއުރިޓީގެ ގޮތުން ތައްޔާރު ކުރެވިފައިވާ ޑޮމެއިން ރެޖިސްޓްރީ އަދި ސެޓްފިކެޓެއް މިއީ..

އަމީން ވިދާޅުވީ އަލަށް ޑޮމެއިންތައް ދޫކޮށްފައި ނުވާނެކަމަށާއި، މިހާރު ވެސް ހުރި ބޭނުން ކުރާ ޑޮމެއިންތައް ވަރުގަދަކޮށް ގާނޫނާއި ގަވައިދުގެ ތެރެއަށް ފެއްތީކަމަށެވެ. އަދި އައު ޑޮމެއިން ނަމްބަރުތައް ދޫކޮށް ނެރެވޭނީ އެ މަސައްކަތް ނިމުމުންކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން އަމީން ވަނީ މި ސަރުކާރުން ކުރިޔާ ހިލާފަށް ޑޮމައިން ރެޖިސްޓްރީކޮށްދިނުމުގެ ހިދުމަތްތައް ކުރިއަށް ގެންދާނީ އޯޕަން ބިޑިންގް ނިޒާމެއްގެ ތެރެއިންކަމަށާއި އެކަން ކުރެވިގެންދާނީ އެންމެނަށްވެސް ސާފުވާގޮތަށް ހާމަކަން ބޮޑުކޮށްކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ވެސް ފެށޭނެކަމުގެ އުންމީދު އެބައޮތްކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ، ޒަމާނީ ޑޮމެއިން ނަންބަރު ސިސްޓަމެއް ގާއިމުކޮށް، ޒުވާނުންނާއި އަދި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ގޮތަކަށް ޑޮމެއިންގެ ހިދުމަތް ބަދަލުކުރެވިގެން ދާނެކަމަށެވެ.

ޑޮމެއިންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ އިދާރީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އަދި މި ނަންބަރުތައް ބެލެހެއްޓުމަށްޓަކައި އައު ނިޒާމެއް ތައާރަފްކޮށް، ޑޮމެއިން ޑޭޓާބޭސް އެއް ވިއުގައަކުން ގުޅާލެވިގެން ދާނެއެވެ. އަދި ކޮންމެ ފަރުދަކު ގެންގުޅޭ ނަންބަރާ ގުޅުންހުރި މަޢުލޫމާތު އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.

ނޮވެމްބަރު 17 އިން ފެށިގެން ޑޮމެއިން ރިޕްލޭސްމަންޓަށް ހުޅުވާލުމުން 600 އަށް ވުރެ ގިނަ ފަރާތަކުން ހިދުމަތަށް އެދި ހުށަހެޅިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: