ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމިގެންދާއިރު އުފެއްދުންތެރިކަން އިތުރުވެގެންދާ ރޭޓު 5.5 އިންސައްތައަށް އަރާނެ: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެންދާ މިންގަނޑު މި އަހަރުގެ ތެރޭގައި 5.5 އިންސައްތައަށް އަރާނެކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނެފިއެވެ.

މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވާގޮތުން އޮކްޓޫބަރު މަހުގެ އަންދާޒާތަކަށް ބަލާއިރު މި އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާވެގެންދާ ރޭޓު 5.5 އިންސައްތައަށް އަރާނެކަމަށް ބެލެވެއެވެ. އަދި 2023 ވަނަ އަހަރު ފުޅާވެގެން ދިޔަ ރޭޓު ހުރީ 4.7 އިންސައްތައިގައެވެ. މި އަހަރު ފުޅާވެގެންދާނެކަމަށް ލަފާކުރެވޭ މިންގަނޑު ވަނީ މޭ މަހުގެ ތެރޭގައި ކުރެވުނު އަންދާޒާއަށް ވުރެ 0.6 އިންސައްތަ އިތުރުވެފައިކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ އޭގެ ސަބަބަކީ ކޮންސްޓްރަކްޝަނާއި ރިއަލްއެސްޓޭޓް ދާއިރާގެ މަސައްކަތްތައް ހަރުދަނާވެގެންދާނެކަމަށް ފެންނާތީ ކަމަށެވެ. އަދި ޓްރާންސްޕޯޓާއި މުއާސަލާތީ ދާއިރާއިންގެ މަސައްކަތްތައްވެސް މިހާރަށްވުރެ ރަނގަޅުވެގެންދާނެކަމަށް ލަފާކުރި އެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ޓުއަރިސްޓުން އަންނަ އަދަދުތައް އިތުރުވުންވެސް ދައުރެއް އަދާކުރާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހު އާންމުކޮށްފައިވާ މި ރިޕޯޓުގައި ފަތުރުވެރިންގެ އަދަދުތައް 2 މިލިއަނަށްވުރެ އިތުރުވެގެންދާނެކަމަަށް އަންދާޒާކޮށްފައިވާއިރު، މިހާރު މި ލަނޑުދަނޑި ހާސިލުކުރެވިފައިވާކަން ފާހަގަކުރުން މުހިންމެވެ. ސަބަބަކީ ޗައިނާ މާކެޓުންނާއި ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދިއުމެވެ.

ދިވެހިރާއްޖޭގެ ކަރަންޓު އެކައުންޓް ޑެފިސިޓްވެސް ކުޑަވެގެންދާނެކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ޖީޑީޕީގެ ނިސްބަތުން 19.9 އިންސައްތައަށް ކުޑަވެގެންދާނެކަމަށް ބުނެފައިވާއިރު ނިމިދިޔަ އަހަރު ޑެފެސިޓު ހުރީ ޖީޑީޕީގެ ނިސްބަތުން 21.4 އިންސައްތައިގައެވެ. މިއީ ދިވެހިރާއްޖޭގެ އިމްޕޯޓަށް ބަރޯސާވެފައިވާ މިންގަނޑުތައް ކުޑަ ދާއިރާތައް ފުޅާވެގެންދާނެކަމަށް ބަލައި ކޮށްފައިވާ އަންދާޒާއެކެވެ. އެހެންކަމުން އިމްޕޯޓާއި އެކްސްޕޯޓުގެ ދެމެދުގެ ފަރަގު ކުޑަވެގެންދާނެކަމަށް ފެނިގެންދާކަމަށެވެ. މައިގަނޑު ގޮތެއްގައި މި ކުރިއެރުން ލިބިގެންދާނެކަމަށް ބެލެވެނީ މި އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިގެންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ.

އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިންޓަރނޭޝަނަލް ރިސާވުގައި ޖުމުލަ 605.7 މިލިއަން ޑޮލަރު ހުންނާނެކަމަށް ބެލެވޭކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. 2023 ވަނަ އަހަރު ނިމިގެންދިޔައިރު އިންޓަރނޭޝަނަލް ރިޒާވުގައިހުރީ 590.5 މިލިއަން ޑޮލަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: