ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމޭއިރު އިންފްލޭޝަން ހުންނާނީ 1 އިންސައްތައިން ދަށުގައިކަމަށް ބެލެވޭ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު-- ފޮޓޯ: އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނިމިގެންދާއިރު އިންފްލޭޝަން ހުންނާނީ 1 އިންސައްތައިން ދަށުގައިކަމަށް ބެލެވޭކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފައިވާގޮތުން މި އަހަރުގެ ތިންވަނަ ކުއާޓާރގައި އިންފްލޭޝަން ރޭޓުވަނީ 1.3 އިންސައްތައަށް އަރައިގެންގޮށްފައިކަމަށާއި ދެވަނަ ކުއާޓާރގައި ހުރީ 0.3 އިންސައްތައިގައެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އެ މުއައްސަސާއިންވަނީ ހަކަތައިގެ ބާވަތްތަކުގެ އަގު ބޮޑުވެގެންދިއުން ފާހަގަކޮށްފައިވާއިރު ކަރަންޓު ބޭނުންކުރާ މިންގަނޑުތައް އިތުރުވުންވެސް ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އޮކްޓޫބަރު މަހުގެ ތެރޭގައި ކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު އަހަރު ނިމިގެންދާއިރު މިރޭޓު އެއް އިންސައްތައަށްވުރެ ދަށްވެގެންދާނެކަމަށް ބެލެވޭކަމަށާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި 0.9 އިންސައްތައާއި ގާތްކުރާނެކަމަށް ބުންޏެވެވެ. އެމްއެމްއޭ ބުނީ އެ އަހަރުގެ ދެވަނަ ކުއާޓާގައި ސަބްސީޑީއަށް އިސްލާހުތައް ގެނައުމުގެ ސަބަބުން 5.2 އިންސައްތައަށް އަރައިގެން ދިއުމަށްފަހު ބާކީ އަހަރު އެއްކޮށް 4.7 އިންސައްތައިގައި ހިފެހެއްޓިގެންދާނެކަމަށް ބެލެވޭކަމަށެވެ.

ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި ކާބޯތަކެތީގެ ސަބްސިޑީ ދިނުމުގެ އުސޫލު އިސްލާހުކުރުމާއި ކަރަންޓުގެ ސަބްސިޑީއަށް އިސްލާހުތައް ގެނައުން ހިމެނޭކަމަށެވެ. އެގޮތުން މިހާރު ގެންގުޅެމުންދާ އުސޫލު ބަދަލުކޮށް ހަގީގަތުގައި ބޭނުންޖެހޭ ފަރާތްތަކަށް ލިބިގެންދާނެ ނިޒާމެއް ގާއިމުކުރުމަށް ކަނޑައެޅިފައިވާކަމަށެވެ.

އެމްއެމްއޭއިންވަނީ އިންފްލޭޝަނަށް އަަސަރުކޮށްފާނެކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިގެންދިއުން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: