ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް – ”އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024“ އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދޫ ނޭޝަނުން އިއުލާނުކޮށްފިއެވެ.
މި ގޭމިންގް ފެސްޓިވަލުގައި މި އަހަރު އުރީދޫ ނޭޝަން ގެ ކޮންޓެންޑަރ ސީރީޒް ތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެއެވެ.
އުރީދޫ ނޭޝަން ގޭމާރސް ލޭންޑް ގެ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލްގައި ކުޅިންތެރިން ވާދުކުރާ ގޭމްތަކުގެ ތެރޭގައި ހިމެނެނީ:
- ޕަބްޖީ މޮބައިލް ޗެމްޕއަންޝިޕް
- އީ.އޭ.އެފް.ސީ ޗެމްޕއަންޝިޕް
- މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕއަންޝިޕް
ފޯރިގަދަ މި މުބާރާތްތަކުގެ އިތުރުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024 ގައި ”އަލްޓިމޭޓް ޕްލޭޔަރ އޮފް ދަ އިޔާ“ – އެންމެ މޮޅު ކުޅުންތެރިޔާގެ ގެ އެވާޑް މިފަހަރު ހޮވިގެންދާނެ އެވެ. މި ޝަރަފުވެރި އެވޯޑަކީ 2024 ވަނަ އަހަރުގެ ތެރޭގައި އުރީދޫ ނޭޝަން ގެ މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަން ގެ ޖަޖުން ގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ.
ޖަޖުންގެ ސްކޯ: ފައިނަލް ސްކޯގެ 60 ޕަސެންޓް
އާންމުނގެ އެސްއެމްއެސް ވޯޓް: ފައިނަލް ސްކޯގެ 40 ޕަސެންޓް
މި އެވޯޑަށް ހޮވޭ ފަރާތްތަކަށް ލިބޭ ޖަޖުންގެ ސްކޯ އާއި ޕަބްލިކް ސްކޯ އާއި އެކު އެންމެ މަތިން މާކްސް ލިބޭ ކުޅުންތެރިއަކަށް އުރީދޫ ނޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބިގެންދާނެއެވެ.
އަލްޓިމޭޓް ގޭމިން ފެސްޓިވަލް 2024 ރޭވިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގޮތުގައެވެ. މަޖާ ހަރަކާތްތަކާއި، ގޭމިން ސެޓަޕްތަކާއި އެކު މި ފެސްޓިވަލަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ގޭމިންގް މާހައުލަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ އިވެންޓެކެވެ. މި ފެސްޓިވަލަކީ ހުނަރުވެރިކަމާއި، އިނޮވޭޝަނާއި، ގޭމިންއަށް އޮތް ލޯބި ފާހަގަކޮށް ރާއްޖޭގެ ގޭމަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެވެސް ފެސްޓިވަލެކެވެ.
މި ގޭމިންގް ފެސްޓިވަލް ގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވައެވެ. ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލާއި ބެހޭ އިތުރު މައުލޫމާތް އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.

