މ. މުލީ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން އިތުރަށް ވިދާޅުވީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހު އެއާޕޯޓު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިއީ 2021 ވަނަ އަހަރު ފެށި މަޝްރޫއުއެކެވެ.
މި މަޝްރޫއު ހަވާލުކޮށްފައި އޮތީ އެމްޓީސީސީއަށެވެ. އެންމެ ފުރަތަމަ މަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތީ އެއް އަހަރު ތެރޭގައެވެ. ނަމަވެސް ބަޖެޓު ދަތިތަކަމުގެ ސަބަބުން މަޝްރޫއު ވަނީ ދިގުލައިގެން ގޮސްފައެވެ. މަޝްރޫއުއަށް ފުރަތަމަ ކަނޑައެޅި ބަޖެޓަކީ 212 މިލިއަން ރުފިޔާއެވެ.
އެއާޕޯޓުގެ ންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މިހާރު ކުރަނީ ޓާމިނަލް އަދި އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފިނިޝިން މަސައްކަތްތައްކަމަށް މުބީން ވަނީ މައުލޫމާތު ދެއްވާފައެވެ. މި މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައިކަމަށް ވިދާޅުވިއެވެ.
އެއާޕޯޓަށް ބޭނުންވާ ފަޔަ ލޮރީ ގަންނަން މިހާރު އޯޑަރުދީފައިވާކަމަށާއި، އެ ތަކެތި ލިބުމުން މާޗް މަހުގެ އެއް ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މުބީން ވިދާޅުވިއެވެ.

