ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ރެކޯޑު ސާފުކުރުން ދެން ފަށާނީ، އާ އަހަރުގެ ބަންދަށް ފަހު: ޑީޖޭއޭ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މީލާދީ އަހަރަށް ބަންދު ކުރުމަށްފަހު، ދެން ރެކޯޑުތައް ސާފުކޮށްދިނުމުފެ މަސައްކަތް ފަށާނީ އޮފީސްތައް ހުޅުވުމުންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފި އެވެ.

މީލާދީ އައު އަހަރު ކުށުގެ ރެކޯޑުތައް ސާފުކުރުމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ޑީޖޭއޭ ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހާއި 2 ދުވަހު ސަރުކާރު ބަންދުވާނެކަމަށެވެ. އެހެންވެ ދެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް އެދޭ ފަރާތްތަކުގެ ފޯމުތައް ކިލްއަރ ކުރެވޭނީ ބަންދު ދުވަސްތަކަށް ފަހުކަން ޑީޖޭއޭ ފާހަގަކުރި އެވެ.

އައު އަހަރުގެ ބަންދު ދުވަސްތަކުގައި، ސަރުކާރުގެ އިދާރާތަކާއި ބޭންކުތަކުގެ ހިދުމަތްތައް ވެސް ބަންދުވާނެ އެވެ.

2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1 ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހާކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ކަމުގައިވާ 2025 ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: