ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއަށް މެމްބަރުން ވެއްދުމުގައި އޮޅުވާލުމެއް ނެތް، ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ޕާޓީއަށް އެބައޮތް: މުހައްމަދު އިސްމާއިލް

ރައީސް ޑރ. މުހައްމަދު މުޢިއްޒާއި މުހައްމަދު އިސްމާއިލް- ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް އެއްލަކަ މެމްބަރުން ހަމަކުރުމުގެ އަމާޒާއި އެކު ފެށި މަސައްކަތުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށާއި، ވަގު އެއްވެސް ފޯމެއް ހުށަހަޅާފައި ނޯންނާނެކަމަށް އެ މަސަައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޮޅުވާލައިގެން އެހެން ޕާޓީތަކުގެ މެމްބަރުން ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާކަމަށް ބުނެ އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. އަދި މިއީ ސަރުކާރަށް އަހަރު ފުރުމުގެ ކުރިޔަށް ޕީއެންސީގައި އެއްލަކަ މެމްބަރުން ހަމަކުރުމަށް ކުރިޔަށް ގެންދިއުމަށް ކުރި މަސައްކަތުގެ ބައެއްކަމަށް ތުހުމަތު ކުރި އެވެ.

މައްސަލައިގައި ކުރާ ތުހުމަތުތައް ދޮގުކޮށް، ޕީއެންސީގެ މެމްބާޝިޕް އިތުރު ކުރުމުގައި އިސްކޮށް އުޅުއްވި މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފޯމު ފުރުމުގެ ހަރަކާތްތަކުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ. އަދި ޕީއެންސީއަށް، އެމްޑީޕީގެ މެމްބަރުން ދަފްތަރު ކުރަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކައެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީ މަކަރުހަދައި އޮޅުވާލިކަމަށް ބުނެ، އެމްޑީޕީ މައްސަލަ ފުލުހަށް ހުށަހަޅާނަމަ ވެސް ޖަވާބުދާރީވާން ތައްޔާރުކަމަށެވެ. މިދިޔަ 11 މަހުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރަން ކުރި މަސައްކަތުގައި، ބޮޑު ތަރުހީބެއް ލިބުނުއިރު ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މައްސަލައިގައި އެމްޑީޕީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އީސީއަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭކަމަށާއި ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި އެކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރު ކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އީސީއަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: