ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރާ ދިމާކޮށް ރާއްޖެއަށް އަންނަ ޖެޓުތަކުގެ އަދަދު އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އާ އަހަރާ ދިމާކޮށް މި އަހަރު ރާއްޖެއަށް އައިސްފައިވާ ޖެޓުތަކުގެ އަދަދު އިތުރުވެފައިވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހުގެ އިއްޔެގެ ނިޔަލަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވާކަމަށް އެމްއޭސީއެލްއިން މައުލޫމާތުދީފައިވެއެވެ. މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.

މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ.

މީގެ އިތުރުން ވީއައިއޭއަށް ޖެއްސި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 148 އިން 157 އަށް ވަނީ އިތުރުވެފައެވެ.

އެއާޕޯޓުން ވަނީ ތިން ސަރަހައްދެއްގައި ޖެޓުތައް ޕާކުކުރެވޭނެ ޖާގަތައް ހަދާފައެވެ. ޖެޓު ޕާކިން ސަރަހައްދުތަކުގައި ޖުމްލަ 68 ޖާގަ އޮވެއެވެ. މިވަގުތުންވެސް 30 އަށް ވުރެ ގިނަ ޖެޓު ޕާކްކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: