ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ހޮޓާތަކުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަން ބެލުމުގެ ދަށަށް!

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް ކުރިޔަށް ގެންދާ ރެއިޑުތަކުގެ ތެރެއިން/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ، ބިދޭސީންތަކެއް އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި ކައިރި ބައެއް އަތޮޅުތަކުގައި ވެސް އިމިގްރޭޝަން ހަރަކާތްތެރިވި އެވެ.

ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރު ކުރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލާފައި ވެއެވެ. އަދި މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށް ފަހު، ބިދޭސީންތަކެއް އަތުލައިގަތެވެ.

އެންމެ ފަހުން އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި ވަނީ ލޯކަލް މާރުކޭޓު ސަރަހައްދުގައި އުޅެމުންދާ ބިދޭސީން އަތުލައިގަތުމަށެވެ.

ބިދޭސީން އެކި ގޮތްގޮތުން މަސައްކަތް ކުރާ ވިޔަފާރިތައް ގިނައިރު، އިމިގްރޭޝަނުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހިންގަމުންދާ 8 ހޮޓާ/ކެފޭއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި 2025 ގައި އިމިގްރޭޝަންގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ޝަމްއާން ވިދާޅުވީ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު މަޑުޖެހުމެއް އައީ ބޭނުންވާ ވަސީލަތްއް މަދުވުމުން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ މީޑިއާއި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އަންނަ އަހަރު މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު އެއް ދައްޗެއްގެ ގޮތުގައި ޝަމްއާން ފާހަކުރެއްވީ، އިމިގްރޭޝަންގެ ޑިޓެކްޝަން ސެންޓަރުގައި އެކަށީގެންވާ މިންވަރަށް ޖާގައެއް ނެތުމެވެ. އެހެންވެ އެ މައްސަލައަށް ވެސް މި ފެށޭ އަހަރު ހައްލެއް ގެނެވޭނެކަމުގެ އުންމީދު ކުރެވޭކަމަށް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ޝަމްއާން ވިދާޅުވީ، ގަވައިދާ ހިލާފުވެގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ފުރުވާލުން ވީހާވެސް އަވަސް ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި އިމިގްރޭޝަން ވޮޗްއަށް ލިބޭ ރިޕޯޓުތައް ހިމެނޭހެން، މަސައްކަތުގެ ސްޕީޑު އިތުރަށް ހަލުވިކޮށް ރެއިޑުތައް ގިނަ ކުރެވިގެންދާނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: