އުރީދޫއިން ކުރިއަށް ގެންދާ ސައިކަލު ލިބޭ ޕްރޮމޯޝަން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ނަސީބުވެރިންނަށް ސައިކަލު ދޭ ގޮތަށް އުރީދޫއިން ކުރިއަށް ގެންދާ ”ލިބޭ“ ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕްރޮމޯޝަންގައި ދޫކުރާ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)، އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެއެވެ.
މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެކަމަށްވާއިރު އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ބައިވެރިވެވޭނެކަމަށާއި އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން ޝަރުތުކޮށްފައިވެއެވެ.

