ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާ ބައިވެރިވެދާނެކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމުގައި އެންމެ ބޮޑު އެހީއަކަށްވި، އިންޑިއާއަކީ ވެރިކަން ވައްޓާލުމަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ ގައުމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަން އިދިކޮޅުން ބޮޑު ރޭވުމެއް ރޭވިކަމަށް ފެންމަތިވެގެން އައީ މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓުން ”އަ ޕްލޮޓް އިން ޕެރެޑައިޒް އެންޑް އިންޑިއާސް ސްޓްރަގްލް ފޯ އިންފްލުއެންސް އިން އޭޝިއާގެ“ ނަމުގައި ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކުންނެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވުވުމަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައް ދަނިކޮށް މި މަޝްވަރާތައް ފެށުނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި އިންޑިއާގެ ރޯ އެޖެންޓުން ދެމެދުކަމަށް ރިޕޯޓުގައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ތެރެއިން ރައީސް މުއިއްޒު އަޒުލު ކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު، މެމްބަރުންނަށް ރިޝްވަތު ދިނުމަށް ވެސް ރޭވިކަމަށް ރިޕޯޓުގައި ވެއެވެ. އަދި ސިފައިންނާއި ފުލުހުންގެ އިސް ބަޔަކަށް ފައިސާ ދިނުމަށް ވެސް ރޭވިކަމަށް ވެއެވެ.

މި މަސައްކަތަށް އެމްޑީޕީ ހަ މިލިއަން ޑޮލަރު ކަނޑައެޅިކަމަށާއި، އެހެން ނަމަވެސް ބަޣާވަތް ފެއިލްވީ ރިޕޯޓު ބުނާ ގޮތުން ބޭނުންވާ މިންވަރަށް މެމްބަރުން ނުލިބުމުންނެވެ.

މައްސަލައިގެ ރިޕޯޓުތައް ރާއްޖޭގެ މީޑިއާތަކުން ވެސް އާންމު ކުރަން ފެށުމާއި އެކު ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އިދިކޮޅުން ރޭވިކަމުގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތްކަމަށެވެ. އަދި ބައެއް މީހުންނަކީ އަބަދުވެސް ހީއެއްގެ މައްޗަށް ނުވަތަ އަމިއްލަ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ވާހަކަ ދައްކާބައެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ވައްޓާލަން އިންޑިއާ އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމަށެވެ. އަދި އެ ގައުމަކީ ރާއްޖެއާއި މެދު ގާތް ގުޅުމެއް ބާއްވާ ދިވެހި ރައްޔިތުންނަށް އިހުތިރާމު ކުރާ ގައުމެއްކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިންގެ މައްޗަށް ބަސް ބުނަން އެއްވެސް އިރަކު އިންޑިއާ މަސައްކަތްކޮށްފައި ނުވެއެވެ.

ވެރިކަން ވައްޓާލަން އިދިކޮޅުން ރާވަމުން ދިޔަކަން ސަރުކާރަށް ވެސް ކޮންމެވެސް ގޮތަކުން އެނގި، އެކަން ހުއްޓުވުމަށް މަސައްކަތް ކުރިކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: