ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް ކޮމާޝަލް ހާބަރަށް ޒިޔާރަތްކުރައްވައި، ބަނދަރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރާއެކު މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާއާމް މުޙައްމަދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމް، އެމްޕީއެލްގެ އިސް އޮފިޝަލުން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހިމެނެއެވެ.

މި ޒިޔާރަތުގައި މިނިސްޓަރަށް ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާއި ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި ބެހޭ މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ބަނދަރުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަނދަރުގެ އިތުރު މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.

ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮއްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: