ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލު ކުރަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާކަމަށް ބުނެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ރިޔާސީ އިންތިހާބުގެ ރިޔާސީ ވައުދެއްގެ ގޮތުގައެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން އިރު އެ ރަށުގައި ގާނޫނުގައި ބުނާ އަދަދު ހަމަނުވާކަމަށް އޭރު ވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އެންވައިރޮމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރާގިބެވެ. އޭނާ މަގާމުން ވަކި ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް އެ މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ރެޖިސްޓްރަރ އިއްޔެ ނިންމަވާފައި ވަނީ މިއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރު ލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަމަށް ރާގިބަށް ބުނެދެވިފައި ނުވާކަމަށެވެ. އަދި ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ އާއި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޖަދަވަލުއާއި ހިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި މި މައްސަލައަކީ ފުރަތަމަ މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއްކަމަށް ނުބެލެވޭކަމަށް ވިދާޅުވި އެވެ.

ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައިކޯޓަށް ބެލެނޭފަދަ މައްސަލަތަކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާކަން އެ ނިންމުމުގައި ފާހަގަކުރި އެވެ. އަދި ނިންމީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި ގުޅޭ މައްސަލަ ހައިކޯޓަށް ނުބެލޭނެކަމަށެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާގިބު ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ކުރީގެ ސަރުކާރުން ދިންއިރު، އެ ރަށަކީ ގާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަވާ ރަށެއް ނޫން ކަމަށެވެ. އަދި އޭރު އެ ނިންމުން ނިންމާފައި ވަނީ ރަށު ކައުންސިލުން އާބާދީގެ ރަސްމީ އަދަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުވާލައިގެން ދީފައިިވާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުުރުން، އޭރު އާބާދީ ލިސްޓުގައި 10،150 މީހުން ހަމަވާކަމަށް ފެންނަން އޮތީ އެކެއްގެ ނަމުގައި ޑުޕްލިކޭޓްކޮށް އައިޑީކާޑުު ހަދައި، ތަކުރާރުކޮށް ނަންތައް ހިމަނައިގެންކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންްކަމުން ތިނަދޫޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރު ރައީސް ނެރުއްވި ޤަރާރު ބާތިލުކޮށްދެއްވުމަށާއި، ޤަރާރަށް އަމަލު ކުރުމުގެ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ޤާނޫނީ ހަމަތަކުގެ މަތިން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް މައްސަލައިގައި އެދިފައިވެއެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: